އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ޑިސެމްބަރު 1 ގައި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ގުޅިގެން، އެ ދާއިރާގެ ބައި އިލެކްޝަން ޑިސެމްބަރު 1 ގައި ބާއްވަން ނިންމައި، ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ. އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުނގޫފާރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހު 8 އިން 21 އަށް ކަމަށެވެ. ސަރުކާރުގެ ރަސްމީ ބަންދު ދުވަސް ފިޔަވައި އެހެން ދުވަސް ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 00: 9 ން ހަވީރު 00: 3 އާ ހަމައަށް ކަމަށެވެ. ރަސްމީ ބަންދު ދުވަސް ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 30: 2 އިން ހަވީރު 30: 4 އަށް ކަމަށް ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ