ކާށިދޫ، ގާފަރު ރައްޔިތުން ބޭނުންނަމަ އަޅުގަނޑުގެ ނަމާ ދިމާލުގަ ފާހަގަ ޖެހޭނެ: ޕީޕީއެމްގެ ކެނޑިޑޭޓް ވައްޑޭ

އަހުމަދު އިބްރާހިމް
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާއަށް ޖުމްހޫރީ ޕާޓީން ކުރިމަތި ލައްވާފައިވާ އަބްދުﷲ ޖާބިރަށް ތާޢީދު ނުކުރަށްވާކަމަށައި ކާށިދޫ ގާފަރު ރައްޔިތުން ބޭނުންނަމަ ޕީޕީއެމްގެ ކެނޑިޑޭޓަށް ވޯޓް ލެވޭނެކަމަށް އެދާއިރާއަށް ޕީޕީއެމްއިން ކުރިމަތިލި ކެނޑިޑޭޓް މުހައްމަދު ވަހީދު އިބްރާހިމް، ވައްޑޭ ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ވައްޑޭ ވިދާޅުވީ އެގޮނޑިން ނަން އަނބުރާ ގެނައިކަމުގައި ވީނަމަވެސް އަދި މައުމޫނަށްޓަކައި އެގޮނޑި ހަދިޔާކުރި ނަމަވަވެސް ޤާނޫނީ ގޮތުން ވައްޑޭގެ ނަން އަނބުރާ ގެނެވިފައި ނުވާކަމަށެވެ.
އަދި ކާށިދޫ ގާފަރު ރައްޔިތުން ވޯޓްދޭ މީހެއްގެ ސަބަބުން މާދަމާ ރޯން ޖެހިދާނެކަމަށާއި ކާށިދޫ ގާފަރު ރައްޔިތުން ވޯޓް މަދު ލާރިކޮޅަށް ވިއްކާލުމުގެ ކުރިން އެކަމާއި ފުންކޮށް ވިސްނަންޖެހޭނެކަމަށެވެ.
"އަޅުގަނޑު ކުރިމަތިލުމާއެކީގައި ހަޤީޤަތުގައި މުޅިކާށިދޫ ގާފަރުތެރޭގަ ދިޔައީ އަޅުގަނޑު ނަން އަނބުރާ ގެންގޮއްސިކަމުގެ މައުލޫމާތު ފަތުރަމުން. މިއީ އަޅުގަނޑު ވަރަށް ހިތާމަކުރިކަމެއް. އަޅުގަނޑަށްވެސް ޕާޓީގެ ހައްޤެއް އޮންނަންވާނެ. އަޅުގަނޑުމެސް ޤަބޫލުކުރާގޮތުގައި އަޅުގަނޑުގެވެސް ހައްޤުތަކެއް މިނިވަންކަމެއް އޮންނަންވާނެ. އެހެން ނަމަވެސް އަޅުގަނޑުގެ ބޯމަތިންނާއި އަޅުގަނޑުގެ ކުރިމަތިންނާއި ގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔަ" ވައްޑޭ ވިދާޅުވިއެވެ.
މީގެ ތިރުރުން ޕާޓީން މީހަކު ކުރިމަތިލައިފިނަމަ އެޕާޓީގެ މަސްލަހަތަށްވުރެ އެހެން ކަންތައްތަކެއް އިސްކުރާ މީހުންނަށްވުރެ ބޮޑެތި ހިޔާނާތްތެރިންނެއް ނުދެކޭނެކަމަށް ވިދާޅުވެ ޕީޕީއެމްގައި ތިބި ޖާބިރަށް ތާއީދްކުރާ އިސްމެންބަރުންނަށް ވައްޑޭވަނީ ބަހުގެ ހަމަލާތައް ދެއްވާފައެވެ.
އަދި މިއަދު ކާށިދޫ ގާފަރު ރައްޔިތުންނަކީ ވިއްކާ ވިޔަފާރިކުރާ ބައެއްކަމަށްބަލައި މިއަދު ބަޔަކު އެބަތިބި ފިޔަފާރިކުރަންގޮސްތިބިކަމަށައި އެކަމަށް ތާއީދު ނުކުރާކަމަށާއި އިއްޔެ ޕީޕީއެމްގެ މެމްބަރުނަށް އަނިޔާވެރިވުމުގައި އިސްކޮށް ހުރި މީހަކު މިއަދު ކޮޅުބަދަލްކޮށްލުމުން އެމީހަކށް ތާއީދް ނުކުރެވޭނެކަމަށްވެސް ވައްޑޭވިދާޅުވިއެވެ.
"އަޅުޑަޅުމެން މުޒާހަރާތަކުގައި ކަރުނަގޭސްތައް ބޮމުން ގެންދިޔައިރު އަނެއްދޮރުން އަޅުގަނޑުމެންނަށް އަނިޔާކުރުމަށްޓަކައި ހިނދުކޮޅުތައް ގެނެސްދޭ ސާމާނުތައް ގެނެސްދިންމީހަކު ދޮރުބަދަލްކޮށްލީމަ އޭނަވަރުގެ މީހަކު ނެތްކަމަށްވަނީނަމަ އަޅުގަނޑު ދަންނަވާނީ މިއީ އަޅުގަނޑުމެން ވަރަށް ހިތާމަކުރަންޖެހޭކަމެކޭ" ވައްޑޭ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ