ދިވެހިރާއްޖެ 2.0 އަކީ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް: ސްޓޭޓް މިނިސްޓަރ އިމްރާން

ދިވެހރާއްޖެ 2.0 އަކީ މިހާރުކުރެވެމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަށް ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިމްރާން އަބްދުލް މުޙައިމިން ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ މޯލްޑިވްސް 2.0 ނުވަތަ ޑިޖިޓަލައިޒްޑް ގައުމަކަށް ދިވެހިރާއްޖެ ހެދުމަށް އަމާޒު ހިފައި މި ތަސައްވަރުގައި ހަގީގީ ކުލަ ޖެއްސުމުގެ ބިންގާއެއްގެ ގޮތުން މިމަހު 9-11 އަށް ބާއްވާ މޯލްޑިވްސް 2.0 ގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓުގައި މާލީ ކަންތައްތަކާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ބައިވެރިވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލީ ވުޒާރާއިން މޯލްޑިވްސް 2.0 ގައި ބައިވެރިންނާ މައުލޫމާތު ހިއްސާކޮށްފައިވަނީ ސެކްޓޯރަލް ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަށުން މާލީ ކަންކަމާގުޅޭ ބައިތަކުގެ މައްޗަށެވެ. މިކަމާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަން މާލީ ވުޒާރާގެ ޗީފް އިންފޮމޭޝަން އޮފިސަރ އަލްފާޟިލް މުޙައްމަދު ނާއިޒް ވަނީ ދެއްވާފައެވެ.
މި ސަމިޓުގައި އަލިއަޅުވާލާފައިވަނި ސަރުކާރުގެ ހިދުމަތްތައް ވަށާޖެހޭގޮތެއްގައި ޑިޖިޓަލައިޒްކޮށް، ދެފުށްފެންނަ ސިޔާސަތެއްގެ ދަށުން ރައްޔިތުންނަށް މުހިންމު މައުލޫމާތުތައް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމުގެ ތަސައްވުރު ހާސިލް ކުރުމަށް ބޭނުންވާ މުހިންމު އަށް ލަނޑުދަނޑިއަށެވެ. އަދި ސަމިޓުގައި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ބޭފުޅުންވެސް ބައިވެރިވެފައިވެއެވެ.
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ