ބޮޑު އީދު ދުވަހާއި ވަޅު އީދު ދުވަހު ހަވީރު 4 އިން 6 އަށް މާލޭގައި ވެހިކަލް ނުދުއްވޭނެ

އަޟްހާ އީދު ދުވަހާއި ވަޅުއީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް އެ ވަގުތުތަކުގައި ހިނގާފައި އުޅޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން އެގޮތަށް ނިންމީ އިއްޔެ ބޭއްވި ކައުންސިލުގެ ބައްދަލުވުމުގަ އެވެ. އެ ހުށަހެޅުން ހުށަހެޅީ ގަލޮޅު މެދު ދާއިރާގެ މެމްބަރު ރީހާން ނާޒިމެވެ.
ކައުންސިލުން ބުނީ، އެ ވަގުތުގައި ވެހިކަލް ދުއްވުން މަނާވިޔަސް، ހާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދުފަހަރު ދުއްވޭނެ ކަމަށެވެ.
މިއީ މިފަހުން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ވޭތުވި އަހަރުތަކުގައި ވެސް އީދާއި އެހެން ބޮޑެތި ބަންދުތަކާ ގުޅުވައިގެން ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ