މިޞްރަށް ތާރީޚީ މޮޅެއް: ފުރަތަމަ ފަހަރަށް ނޮކައުޓް މެޗަކުން މޮޅުވެއްޖެ

ޕެނަލްޓީ ޝޫޓްއައުޓްގައި މިޞްރުގެ ކުޅުންތެރިން ވަނީ އެއްވެސް ނުތަނަވަސްކަމެއް ނެތި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި ކެޕްޓަން މުޙައްމަދު ޞަލާޙް ޖެހި 'ޕެނެންކާ' ޕެނަލްޓީ ފާހަގަކޮށްލެވެއެވެ. އޮސްޓްރޭލިއާގެ ހެރީ ސޫޓާ ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒުނުވިއިރު، ލޫކަސް ހެރިންގްޓަން ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މިޞްރު މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޙުސާމް އަބްދުލްމަޖީދެވެ.
މި މޮޅާއެކު މިޞްރު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އެޓީމު ދެން ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާ ނުވަތަ ކޭޕް ވާޑްއާއެވެ. މި މެޗު އޮންނާނީ ޖުލައި 7، 2026 ގައި އެޓްލާންޓާގައެވެ. މިއީ މިޞްރުގެ ފުޓްބޯޅަ ތާރީޚުގައި ލިޔެވިގެންދާނެ ރަން އަކުރުގެ ކާމިޔާބީއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ