ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް އުދައަރާފާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ ދިޔަވަރުބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އެގޮތުން ރާއްޖޭގެ އުތުރަށް ދިޔަވަރު ބޮޑުވާނީ މިރޭ 19:26 ގައިކަމަށާއި މެދުތެރެއަށް ދިޔަވަރު ބޮޑުވާނީ 01:59 ގައިކަމަށް މޫސުމާއި ބެހޭ އިދާރާ އިން ބުނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާނެ ގަޑިއަކީ 2:51 ކަަމަށް ވެސް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.
ބޯ ވާރޭއާއެކު ގުގުރުން އެކަށީގެންވާތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ދެެމެދުގެ ސަރަހައްދުތަކަށް ވަނީ ވައިޓް އެލާޓް ވެސް މިހާރު ނެރެފައެވެ.
މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަގުދެކުނުން ގަޑިއަކު 7 މޭލާ 15 މޭލު ދެމެދުގެބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 10 މޭލާ 20 މޭލުދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލާ 45 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.
މޫސުން ވަރަށް ގޯސް، ބައެއް ރަށްތަކަށް އުދައަރާފާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ