ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީއާ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މި ދެ ބޭފުޅުން ޢައްޔަންކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 36 މެންބަރުންގެ އިއްތިފާޤުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުﷲ ދީދީއާއި އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުގެ ނަންފުޅާމެދު ގޮތެއް ނިންމެވުންއެދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ ބުދަދުވަހުއެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނު ކުރުމަށް ރުހުން ދިނުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފަހު ނޫސްވެރިިންނަށް މައުލޫމާތު ދެއްވަމުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަޤާމު ގެއްލިފައިނުވާއިރު، އެ މަޤާމަށް އިތުރު ފަނޑިޔާރުންތަކެއް އައްޔަން ނުކުރެވޭނެ ކަމަށެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަބްދުﷲ ދީދީ އާއި ޣަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ