ޝީޝާ ތިން ބެއިންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުޅުވާފައިވާ އެކައުންޓަކުން އޮޅުވާލައިގެން 18 މިލިއަން ރުފިޔާ ނެގުމުގައި އެ ބޭންކްގެ އިހުމާލު އޮތް ކަމަށް ސާބިތުވެ، ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފިއެވެ.
އެސްބީއައި އިން ޝީޝާ އަށް 13.5 މިލިއަން ރުފިޔާ ދެއްކުމަށް ދަށު ކޯޓުން ކުރި ޙުކުމަށް ތާއީދުކޮށް އެ ޙުކުމް އެންމެ މަތީ ކޯޓުން ދަމަހައްޓާފައި ވަނީ އަންގާރަ ދުވަހު ކޮށްފައިވާ ޙުކުމެއްގައެވެ. ޝީޝާ ތިން ބެއިންގެ ނަމުގައި އެސްބީއައިގައި ހުޅުވާފައިވާ އެކައުންޓަކުން އޮޅުވާލައިގެން ބަޔަކު 18 މިލިއަން ރުފިޔާ ނެގި މައްސަލަގައި އެ ބޭންކްގެ އިހުމާލު އޮތް ކަމަށް ސާބިތުވެ ކޮށްފައިވާ މި ޙުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދު ކޮށްފައެވެ. ހައި ކޯޓުން އެ ޙުކުމަށް ތާއިދު ކުރީ 2015 ވަނަ އަހަރުއެވެ.
ސިވިލް ކޯޓުން އެ މައްސަލާގައި ކުރި ޙުކުމުގައި ވަނީ އެސްބީއައިގައި ހުޅުވާފައިވާ އެކައުންޓުން ފައިސާ ގެއްލުމުގައި ބޭންކުގެ އިހުމާލު އޮތް ކަމަށާއި އެހެންކަމުން އެކައުންޓުން މަދުވި ފައިސާ އެ ބޭންކުން ދޭން ޖެހޭނެ ކަމަށެވެ. އަދި 13.5 މިލިއަން ރުފިޔާ ޝީޝާގެ ތިން ބެއިންނަށް ދިނުމަށް ޙުކުމް ކުރީ އެ އަދަދަކީ އެ އެކައުންޓުން ނެގި ފައިސާގެ ތެރެއިން އެހާތަނަށް ނުލިބި ހުރި ފައިސާ ކަމަށް ވާތީ ކަމަށް ޙުކުމުގައިވެއެެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ ޝީޝާގެ ކުންފުނީގެ ހިއްސާދާރުން ކަމަށްވާ އަހްމަދު ހަސަން މަނިކާއި އިބްރާހިމް ހުޝާމާއި ހަސަން ހުޝާމެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އެސްބީއައި އިން ޝީޝާއަށް 13 މިލިއަން ރުފިޔާ ދޭން ސުޕްރީމް ކޯޓުން ވެސް ޙުކުމް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ