އަރަބި އަދި އިސްލާމީ ގައުމުތަކުގެ ދީލަތި އެހީ އާއި އެއްބާރުލުން މިވަގުތު ވެސް ރާއްޖެ އަށް ވަރަށް މުހިންމު ކަމުގައި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައްކާގައި އިއްޔެ ފެށުނު ރާބިތަތުލް އާލަމިލް އިސްލާމިއްޔާގެ ތައުސީސީ މަޖިލިހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ރާއްޖެ އަށް މިވަގުތު ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވުމާ އެކު ރާއްޖެ މިވަގުތު ތަޖުރިބާ ކުރަން ޖެހިފައިވާ އިގުތިސާދީ އަދި ސިޔާސީ އިޖުތިމާއީ މައްސަލަތަކުން ސަލާމަތްވެ ރާއްޖޭގެ މިހާރު ހުއްޓިފައިވާ ތަރައްގީގެ ދުވެލި އެއް އަމާޒެއްގައި އަލުން ފެށުމަށް ޓަކައި ކުރިއެކޭ އެއްގޮތަށް އަރަބި އަދި އިސްލާމީ ގައުމުތަކުގެ އެހީތެރިކަން ބޭނުން ވާކަމަށެވެ.
"...އޭގެ ތެރޭގައި ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވުމާއި، އަމަން އަމާންކަން ގެއްލިފައި ވުމާއި، ދިވެހި ރައްޔިތުންގެ އިސްލާމީ އަގީދާ ބަލިކަށި ކުރުމަށް ބަޔަކު މަސައްކަތްކުރަމުންދާ ދިއުން ހިމެނޭ،" މައުމޫނު ވިދާޅުވިކަމަށް ބަޔާނުގައިވެ އެވެ.
ރާބިތާގެ މެންބަރެއްގެ މަގާމުގައި ހުންނެވި މައުމޫނުގެ ތަގުރީރުގައި އަދި ވިދާޅުވީ ވަކިން ހާއްސަކޮށް ރާއްޖޭގެ ރައްޔިތުންގެ އިސްލާމީ އަގީދާ ރައްކާ ތެރިކުރުމަށާއި ރާއްޖޭގައި ދެވޭ ދީނީ ތައުލީމާއި ދީނީ ހިދުމަތްތައް ތަރައްގީ ކުރުމަށް ޓަކައި ރާބިތާގެ އިތުރުން އަރަބި އަދި އިސްލާމީ ގައުމުތަކުގެ އެހީތެރިކަން ވެސް ބޭނުންވާ ކަމަށެވެ.
ރާބިތާގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވެސް ރައީސް މައުމޫނު ވިދާޅުވެފައި ވަނީ ރާއްޖޭގައި މިހާރު އުފެދިފައިވާ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރަކީ ގާނޫނީ ގޮތުން ގާއިމްވެފައިވާ ސަރުކާރެއް ކަމަށެވެ.
އަރަބި އިސްލާމީ ގައުމުތަކުގެ އެހީ މިވަގުތަށް ވެސް ބޭނުން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ