ސުޕްރީމް ކޯޓުގެ ޙުކުމަކީ ޤާނޫނީ ވެރިކަން ނަގަހައްޓައިދިން ޙުކުމެއް: އެމްޑީޕީން

ސުޕްރީމް ކޯޓުން އިއްވި ޙުކުމަކީ ޤާނޫނު އަސާސީގެ ސިޔާދަތު ކަށަވަރުކޮށްދެއްވާ ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ނަގަހައްޓައިދިން ޙުކުމެއްކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނެރުނު ނޫސްބަޔާނުގައި ބުނީ، ބުރާސްފަތި ދުވަހު ސްޕްރީމް ކޯޓުން އިއްވި ޙުކުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައިގެ ޤަރާރުގެ މަސައްކަތް ހުއްޓުވުމުގެ ނިޔަތުގައި މަދު ބަޔަކު ދައުލަތުގެ އެއްބާރުގައި "މަރުތަޅު" އަޅުވާފައި އޮތް އޮތުން ނިމުމަކަށް ގެނެސްދިން ޙުކުމެއްކަމަށެވެ.
ސްޕްރީމް ކޯޓުގެ ޙުކުމަކީ، އެކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީން ކުރި މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޕީޖީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މި ޙުކުމަކީ ރާއްޖޭގައި ޢަމަލުކުރާ ޤާނޫނު އަސާސީގެ ސިޔާދަތު ކަށަވަރުކޮށްދެއްވާ، ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ނަގަހައްޓައިދިން ޙުކުމެއްކަމަށް މި ނޫސްބަޔާނުގައި ވަނީ ފާހަގަކޮށަފައެވެ.
މީގެއިތުރުން ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދާ ޚިލާފު ކަމެއް ނުކުރައްވާނެކަމަށް އުއްމީދުކުރާކަމަށާއި، އެއްވެސް ފަރާތަކުން މަޖިލީހުގެ އަޣުލަބިއްޔަތުން ކަންކަން ނިންމުމަށް ހުރަސްއެޅިދާނެފަދައިން ކަންކަން ނުކުރެއްވުމަށް ބަޔާނުގައި އެމްޑީޕީން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ