ގެއްލިގެން ހޯދަމުންދިޔަ ކޮލަމާ ބޯޓް ފެނިފައިވާ ކަމަށާ ނަމަވެސް ކެޕްޓަން ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކޮލަމާ ބޯޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ޔަގީން ކޮށްދީފައެވެ. ފުލުހުން މިއަދު ބުނީ، ބޯޓް ފެނިފައިވަނީ އެކިފަރަ ސަރަހައްދުން ކަމަށާއި، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށެވެ. ބޯޓު ފެތިފައިވާކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެ ބޯޓު ފެތުނުކަމެއް ފުލުހުން އަދި ކަށަވަރުކޮށެއް ނުދެއެވެ.
ބޯޓުގެ ކެޕްޓަން ނިޔާވި ހަބަރާއި ގުޅޭގޮތުން ސުވާލުކުރުން ފުލުހުން ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ބުނީ ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
"ކޮލަމާ' ބޯޓް ގެއްލުނު ހާދިސާ: ކެޕްޓަން ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ