އިންޑިއާ އެކްސްޕޯޓު އެންޑް އިމްޕޯޓު (އެގްޒިމް) ބޭންކުުން ލޯނު ނަގައިގެން ހިންގަމުން އަންނަ ޕްރޮޖެކްޓުތަކާއި ދައުލަތުން އެންމެ ބޮޑަށް ދަރަނިވެފައިވާ ގައުމަކީ އިންޑިއާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސުން އާންމުކޮށްފައިވާ އެންމެ ފަހުގެ ޑެޓް ބުލެޓިންއިން ދައްކާ ގޮތުގައި ސީދާ ދައުލަތުން ދައްކަން ޖެހޭ ލޯނުގެ އަދަދު 9.2 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ކުރިން އެންމެ ބޮޑަށް ދަރާފައި އޮތް ޗައިނާ އެގްޒިމް ބޭންކަށް ދައްކަން ޖެހޭ 7.3 ބިލިއަން ރުފިޔާއަށް ވުރެ 1.9 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެގްޒިމް ބޭންކުން މިހާތަނަށް ދޫކޮށްފައި ހުރި ފައިސާ އާއި ދޫކުރަން އެއްބަސްވެ، އަދި ދޫނުކުރާ ފައިސާ (ކޮމިޓަޑް އަންޑިސްބާސްޑް ބެލެންސް) ގައި ހިމެނޭ 12.6 ބިލިއަން ރުފިޔާ އެއްކޮށްލުމުން ދައްކަން ޖެހޭ ޖުމުލަ 21.8 ބިލިއަން ރުފިޔާއަށް އަރަ އެވެ.
މި އަހަރުގެ ތެރޭގައި ލޯނުތަކުން ލިބުނު ފައިސާގެ ބޮޑު ބަޔަކީ ވެސް އިންޑިއާ އެގްޒިމް ބޭންކުން ދޫކުރި ފައިސާ އެވެ. މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތެރޭގައި ސީދާ ދައުލަތުން ޒިންމާވާ ގޮތަށް ނަގާފައިވާ ލޯނުތަކުން ލިބުނު 1.5 ބިލިއަން ރުފިޔާގެ ތެރެއިން 713 މިލިއަން ރުފިޔާ ލިބުނީ އިންޑިއާ އެގްޒިމް ބޭންކުންނެވެ.
ރާއްޖޭގެ ލޯން ޕޯޓްފޯލިއޯގައި އެންމެ ބޮޑު ދަރަނިވެރިއެއްގެ ގޮތުގައި އިންޑިއާ ހިމެނުނީ، ކުރީ ސަރުކާރުން ހިންގި ޕްރޮޖެކްޓުތަކަށް ފައިނޭންސް ކުރަން އިންޑިއާއަށް ބަރޯސާވުމެވެ.
އެ ސަރުކާރުން ފެށި ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓު (ތިލަމާލެ ބްރިޖު) އާއި ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ 4000 ހައުސިން ޔުނިޓާއި އައްޑޫ މަގުތައް ހެދުމުގެ އިތުރުން ހަނިމާދޫ އެއާޕޯޓާއި ގަން އެއާޕޯޓު ތަރައްގީކުރަނީ ވެސް އެގްޒިމް ބޭންކުން ނެގި ފައިސާއިންނެވެ. މީގެ ތެރެއިން މިހާތަނަށް އެއްކޮށް ނިމުނީ މަދު ޕްރޮޖެކްޓެކެވެ.
ދައުލަތުގެ ޖުމުލަ ދަރަނީގެ ހާލަތަށް ބަލާއިރު، މި އަހަރުގެ ދެ ވަނަ ކުއާޓަރު ނިމުނުއިރު، ދައުލަތުގެ ދަރަންޏާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި ވަނީ 148.9 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ޖީޑީޕީގެ 124 ޕަސެންޓު ނުވަތަ އުފެއްދުންތެރިކަން އަގު ކުރާ 120 ބިލިއަން ރުފިޔާއަށް ވުރެ 28.9 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ޖުމުލަ ދަރަނީގެ ތެރެއިން 86.6 ބިލިއަން ރުފިޔާއަކީ އެތެރޭގެ ދަރަންޏެވެ. ބޭރުގެ ދަރަނި ހުރީ 62.3 ބިލިއަން ރުފިޔާގަ އެވެ.
އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތެރޭގައި ދަރަންޏާއި ގެރެންޓީ ދީފައިވާ ދަރަންޏަށް އިތުރުވީ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ އެވެ. މި އިތުރުވުމަކީ މުޅިން ކަހަލަ ގޮތަކަށް އެތެރޭގެ ބާޒާރުން ނަގާފައި ހުރި ދަރަންޏާ ގުޅިގެން އައި އިތުރުވުމެވެ.
އެންމެ ބޮޑަށް ދަރާފައި އޮތީ އިންޑިއާއަށް, ޖުމުލަ 10 ބިލިއަން ރުފިޔާއަށް އަރަނީ އެންމެ ބޮޑަށް ދަރާފައި އޮތީ އިންޑިއާއަށް, ޖުމުލަ 10 ބިލިއަން ރުފިޔާއަށް އަރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ