ކުޅުދުއްފުށީގައި ޓޫރިޒަމް ތަރައްގީކުރަން ކޮންސަލްޓެންސީ ހޯދަން އިއުލާނުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭނެއް ހެދުމަށް ބޭނުންވާ ކޮންސަލްޓެންސީގެ ހިދުމަތް ހޯދަން އިއުލާނު ކޮށްފި އެވެ.ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަން ކޮންސަލްޓެންސީގެ ހިދުމަތް ހޯދުމަށް 30 ޖުލައިގައި ކުރި އިއުލާނު ބާތިލުކޮށް އަލުން ހުޅުވާލާ ކަމަށެވެ.އެހެންވެ، އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމުގެ މައުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވެ އެވެ.އެ ބީލަމާ ގުޅިގެން އެއްވެސް ސުވާލެއް އޮތް ނަމަ، މިމަހުގެ 16 ވަނަ ދުވަހުގެ 10:30 ގެ ކުރިން އެ ކައުންސިލަށް އީމެއިލް ކުރަންޖެހެ އެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުޅުވުމުގެ ސުންގަޑިއަކީ މިމަހުގެ 17 ވަނަ ދުވަހު 10:30 ގެ ކުރިންނެވެ.އެ ބިޑުގައި ރެޖިސްޓްރީ ވެވެނީ އެކަމަށް ހާއްސަ ފޯމެއް މެދުވެރިކޮށެވެ. އެ މަސައްކަތާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓު ކޮޕީ ފޯމެޓުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެ ކައުންސިލުން ކުރި އިއުލާނުގައި ބުންޏެވެ.ކުޅުދުއްފުށި ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭނެއް ހެދުމަށް ބޭނުންވާ ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް އެކަނި ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ