ދުނިޔޭގައި ކުޅޭ ވޮލީބޯޅައިގެ އަންހެން އެންމެ ޝަރަފުވެރި މުބާރާތް، އެފްއައިވީބީ ވިމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގެ ކުއާޓާގެ މެޗުތައް ކުރިއަށްދާއިރު، ހުރިހާ މެޗެއް ވެސް މީޑިއާނެޓުގެ އައިސް އެކްސްޓްރާއިން ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
ތައިލެންޑުގައި ކުރިއަށްދާ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިއްޔެ ނެދަލޭންޑްސްގެ މައްޗަށް ކުރިހޯދައި ސެމީފައިނަލުން ޖަޕާން ކުރިހޯދިއިރު، ޕޮލެންޑުގެ މައްޗަށް ކުރިހޯދައި އިޓަލީން ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފަ އެވެ.
މުބާރާތުގެ ކުއާޓާގައި މިއަދު ހަވީރު 15:00 ގައި ފްރާންސް އަދި ބްރެޒިލް ބައްދަލުކުރާއިރު، އިރުއޮއްސި 18:30 ގައި ކުޅޭ ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ އެމެރިކާ އަދި ތުރުކީ އެވެ.
މުބާރާތުގެ ސެމީފައިނަލް މެޗުތައް ހޮނިހިރު ދުވަހު އަދި ފައިނަލް އާއި ތިންވަނަ ހޮވާ މެޗު އާދީއްތަ ދުވަހު ކުޅޭއިރު، ހުރިހާ މެޗެއް ވެސް އައިސް އެކްސްޓްރާއިން ބެލޭނެ އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ މެޗުތައް ފިލިޕިންސްގައި ސެޕްޓެމްބަރު 12، އިން ފެށިގެން ސެޕްޓެމްބަރު 28، ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އެ މުބާރާތުގެ މެޗުތައް ވެސް އައިސް އެކްސްޓްރާއިން ދައްކާނެ އެވެ.
ރާއްޖޭގައި ވޮލީއަށް ލޯބިކުރާ އެންމެންނަށް މުބާރާތުގެ މެޗުތައް ފުރިހަމަކަމާ އެކު ގެނެސްދިނުމަށް މަސައްކަތް ކުރާނެ ކަމަށް އައިސް އެކްސްޓްރާއިން ވަނީ ބުނެފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުގައި ކުޅޭ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ތިބި ރައްޔިތުންނަށް ފަސޭހަކަމާ އެކު ބެލޭނެ އިންތިޒާމުތައް ހަމަޖައްސަން އައިސް އެކްސްޓްރާއިން އަބަދުވެސް މަސައްކަތް ކުރެ އެވެ.
އެފްއައިވީބީ ވިމެންސް ޗެމްޕިއަންޝިޕް: ކުއާޓާގެ މެޗުތައް ކުރިއަށް، އައިސް އެކްސްޓްރާއިން ބެލޭނެ އެފްއައިވީބީ ވިމެންސް ޗެމްޕިއަންޝިޕް: ކުއާޓާގެ މެޗުތައް ކުރިއަށް، އައިސް އެކްސްޓްރާއިން ބެލޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ