ވޯޓު ލުމުގައި ރައްޔިތުން މިއަދު ދައްކާ ނަމޫނާ އަށް ނައިބު ރައީސް ޝުކުރު އަދާކުރައްވައިފި

މިއަދުގެ އިންތިހާބުގައި ވޯޓު ލުމުގައި ދިވެހި ރައްޔިތުން ދައްކައިދެމުންދާ ނަމޫނާ އަށް ނައިބު ރައީސް ޝުކުރު އަދާ ކުރައްވައިފިއެވެ. 
ވޯޓު ލެއްވުމަށްފަހު މީޑިއާއާއި މުހާތަބު ކުރައްވަމުން ފައިސަލް ވިދާޅުވީ، އިންތިހާބު ކުރިއަށް ދާއިރު އަމާން ކަމާއި އޮމާން ކަމާއެކު ވޯޓުލުމުގެ ހަރަކާތްތައް ކުރިއަށް ދާތީ އެމަނިކުފާނު ރާއްޖެގެ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމުގައެވެ. މީގެ އިތުރުން، ވޯޓަކީ ގަނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގެއް ކަމަށާއި އެހެންކަމުން ވީހަވެސް އަވަހަކަށް ވޯޓު ލުމަށް ނައިބު ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ. 
ފައިސަލްގެ އިތުރުން ސިޔާސީ ބައެއް ބޭފުޅުން މިހާރު ވަނީ ވޯޓު ލައްވާފައެވެ، އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް ނަޝީދު ގެ އިތުރުން މެޑަމް ފަޒްނާ އަހުމަދު ވެސް ވަނީ ވޯޓު ލައްވާފައެވެ. 
ވީހާ ވެސް ގިނަ ބަޔަކު ވޯޓު ލުމުގައި ބައިވެރިވުމަށް ރައީސް ސޯލިހުވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި މިނިވަންކަމާ އެކު ވޯޓުލުން ކުރިއަށްދާ ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށް އެމަނިކުފާނު ފަހަގަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ