ކޯޓުން އެ މައްސަލަ ބަލަައިގެންފައިވާއިރު މައްސަލައިގެ އަަޑުއެހުންތައް ބާއްވާ ވަރަަށް އަވަހަށް ގޮތް ނިންމާނެ ކަމަށް ބެލެވެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކެނޑިޑަސީ ގަބޫލު ނުކުރަން ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބަލަައިގެންފި އެވެ.
އިންތިހާބުގައި ވާދަކުރަން ހުށައަޅަން ޖެހޭ ލިޔެކިޔުންތަކުގައި ޖަލުގައި ހުންނަވާ ރައީސް ޔާމީން ސޮއި ކުރެއްވީ މިދިޔަ ހަފްތާގަ އެވެ. ފޯމް ހުށައެޅުއްވީ އިއްޔެ ހެނދުނު އެވެ.ކޮމިޝަނުން ވަނީ ހަވީރު އެ ހުށައެޅުމާ ގުޅޭގޮތުން ނިންމި ނިންމުން 3:50 ގައި އާންމު ކޮށްފައެވެ. ކޮމިޝަންގެ ނިންމުމުގައި ވަނީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލުމަށް ހުށައެޅުއްވި ހުށައެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރެވެން ނެތް ކަމަަށެވެ.ސަބަބެއް ކަމަަށް ބަޔާން ކޮށްފައިވަނީ ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވުމެވެ. އެހެން ކަމުން ގާނޫނު އަސާސީގައި ބަޔާން ކުރާ ޝަރުތައް ރައީސް ޔާމީންގެ ކިބާގައި ފުރިހަމަ ނުވާ ކަމަަށެވެ.އެ ނިންމުން ސުޕްރީމް ކޯޓަށް ގެންދާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުންނާއި ޕީޕީއެމުން ވަނީ ވަގުތުން ބުނެފައެވެ. އަދި އެވަގުތުން ފެށިގެން ކޯޓަށް ހުށައަޅާ މައްސަލަ ތައްޔާރު ކުރުމުގެ މަސައްކަތް ފެށިކަން ހާމަކުރި އެވެ.ޔާމީންގެ ރަނިންމޭޓް އަދި އެމަނިކުފާނުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ފަތިހު ވިދާޅުވީ ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ. ސަރުކާރުގެ ނުފޫޒުން ރައީސް ޔާމީންގެ ހައްގުތައް ނިއުގަޅައިގަތް މައްސަލަ ކާމިޔާބު ކުރައްވާނެ ކަމަަށް ވެސް ވިދާޅުވި އެވެ."ސްޕްރީމް ކޯޓަށް ދާދި ދެންމެއަކު ރައީސް ޔާމީނުގެ ކެންޑިޑޭސީގެ މައްސަލަ ހުށަހަޅައިފިން. މިއަދު މިކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ހައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތް. އިންޝާﷲ، ހައްގަތް ނަސްރު ލިބިގެންދާނެ،" ފަތިހު 5:15 ގައި ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.ކޯޓުން އެ މައްސަލަ ބަލަައިގެންފައިވާއިރު މައްސަލައިގެ އަަޑުއެހުންތައް ބާއްވާ ވަރަަށް އަވަހަށް ގޮތް ނިންމާނެ ކަމަށް ބެލެވެއެވެ.ޖަމީލް ކުރީން ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ގާނޫނީ ގޮތުން ގޯސްކޮށް އަދި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ ނުބައިކޮށް ތަތުބީގު ކޮށްގެން ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ