މޭޔަރު އާތިފާއި މެމްބަރު ޔާސިރު އެނބުރި އެމްޑީޕީއަށް

އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސްއަށް ވަޑައިގެންނެވި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.މި ބޭފުޅުންނާ އެކު ކައުންސިލަރުންތަކެއް ވެސް އެމްޑީޕީއަށް ސޮއިކުރައްވުމުން ކައުންސިލްގެ މެޖޯރިޓީ އަނެއްކާވެސް އެ ޕާޓީއަށް ވަނީ ލިބިފަ އެވެ.ކައުންސިލް އިންތިހާބުގައި މޭޔަރާ އެކު ހަތް މެމްބަރުން ވެސް ހޮވިވަޑައިގަތީ އެމްޑީޕީންނެވެ. ކައުންސިލްގައި އޮތް އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު ބަދަލުވީ އެންމެން އެއްފަހަރާ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމުންނެވެ.ޔާސިރު މިރޭ ވަނީ އެމްޑީޕީއަށް އަލުން ސޮއިކުރައްވައި ފޯމު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ހަވާލުކުރައްވައިފަ އެވެ. އޭނާ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީ ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މަސައްކަތްތަކުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅީގައި ހުންނެވުމަށް ފަހު އެވެ.މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެމްޑީޕީން އެއްޗެއް ނުބުނެއެވެ. އަދި މިކަމާ ގުޅޭގޮތުން މޭޔަރު އާތިފާއި މެމްބަރު ޔާސިރުގެ ބަހެެއް ވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ