ކޮންމެ ރަށެއްގެ ބަނދަރުމަތީ ނުވަތަ ބަނދަރާއި ކައިރި ހިސާބެއްގައި މިސްކިތެއް ބިނާކޮށްދެއްވާނެކަމަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ އދ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހަންޏާމީދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ޤާސިމް ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ރަށަކަށް އަރާއިރު، ފަސޭހައިން މިސްކިތެއް ފެންނަން ހުރުމަކީ އެ ރަށަކަށް ދަތުރުކުރާ ދަތުރުވެރިންނަށް ފަސޭހަވެގެންދާނެ ކަމެއްކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ބަނދަރާ އެންމެ ކައިރި ހިސާބެއްގައި މިސްކިތެއް ބިނާކޮށް، ރާއްޖޭގައި ހުރި ކޮންމެ މިސްކިތަކަށް 2 މުދިމުން ހަމަޖައްސަވާދެއްވާނެކަމަށެވެ.
"އަޅުގަނޑުމެންގެ މުހިންމު ވަޢުދެއް އެއީ ހުރިހާ ރަށެއްގެވެސް ބަނދަރު މަތީގައި ނުވަތަ ބަނދަރާއި ކައިރި ހިސާބެއްގައި މިސްކިތެއް ބިނާ ކޮށްދިނުން. އިސްލާމީ ޤައުމަކަށްވާއިރު، ދަތރުފަތުރު ކުރާ މީހުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކޮންމެ ރަށަކަށް އަރާއިރުވެސް ރަށުގެ މޫނުމަތީގައި މިސްކިތެއް ހުރުން." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
ޤާސިމް ވަނީ ކޮންމެ ރަށެއްގެވެސް، ރައްޔިތުންނާއި، ރަށު ކައުންސިލާއި ބައްދަލުކުރެއްވުމަށްފަހު، އެ ރަށެއްގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ 5 ކަމެއް އިސްކަންދެއްވައިގެން ކޮށްދެއްވާނެކަމަށް ވިދާޅުވެ ވަޢުދުވެވަޑައިގެންފައެވެ.
ޤާސިމް ވަނީ ތަޢުލީމީ ދާއިރާއަށް އެމަނިކުފާނުގެ ވެރިކަމެއްގައި އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެންނަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ސްކޫލެއްގެ ކޮންމެ ކްލާހެއްގައި 75 އިންޗީގެ ޓީވީއާއި، ސްމާޓް ބޯޑު ބަހައްޓާނެކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ ކުލާސްރޫމެއްގައި އޭސީ ހަރުކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ޒަމާނީ ފެންވަރަށް ކޮންޕިއުޓަރ ލެބެއް އަޅާދިނުމާއި، އެ ލެބުގައި ޒަމާނީ ވަޞީލަތްތައް ޤާއިމްކޮށްދިނުމަށްވެސް ޤާސިމް ވަޢުދުވެވަޑައިގެންފައިވެއެވެ.
މި ޖަލްސާގައިވެސް ޤާސިމް ވަނީ، ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގައި ސާފު ރިކޯޑެއް އޮތް ވެރިއަކީ ކޮބާތޯ ބެއްލެވުމަށް، ތަކުރާރުކޮށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ސެޕްޓެމްބަރު 9ގައި އޮންނަ އިންތިޚާބުގައި ވޯޓު ދެއްވާއިރު ކޮންމެ ކެންޑިޑޭޓެއްގެ މާޒީއަށް ބެއްލެވުމަށްފަހު ވޯޓު ދެއްވުމްވެސް ޤާސިމް އިބްރާހީމް އެދިވަޑައިގެންނެވިއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
ކޮންމެ ރަށެއްގެ ބަނދަރު ސަރަހައްދުގައި މިސްކިތެއް ބިނާކޮށްދެއްވާނަން – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ