ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވައިފި

ގާޒީ ހަސަން ސައީދު ރިޓަޔާ ކުރެއްވިއިރު، ފަނޑިޔާރުކަމުގައި ވޭތުވެދިޔަ 21 އަހަރު ވަނީ މަސައްކަތް ކުރައްވާފަ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
ކުރިން ފެމެލީ ކޯޓުގެ އިސް ގާޒީ ކަން ވެސް ކުރެއްވި ހަސަން ސައީދު މިއަދު މަގާމުން މުސްކުޅި ކުރައްވާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ އިއުލާނު ކޮށްފަ އެވެ.ގާޒީ ހަސަން ސައީދު ރިޓަޔާ ކުރެއްވިއިރު، ފަނޑިޔާރު ކަމުގައި ވޭތުވެދިޔަ 21 އަހަރު ވަނީ މަސައްކަތް ކުރައްވާފަ އެވެ. ޖޭއެސްސީ އިން ވަނީ ގާޒީ ކޮށްދެއްވި މަސައްކަތަށް އަގު ވަޒަންކޮށް ޝުކުރުގެ މެސެޖެއް ވެސް ފޮނުވާފަ އެވެ.ގާޒީ ހަސަން ސައީދަކީ ފަނޑިޔާރުކަން ކުރެއްވިއިރު އެކި ފަހަރު މަތިން އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވާ ގާޒީއެކެވެ. އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުމުން އޭނާއަށް ބޮޑެތި ތުހުމަތު ތަކެއް ކުރެވުނެވެ. އެ އަމުރު ނެރުމާއެކު އަލީ ވަނީ ރާއްޖެއިން ފިލައިގެން ގޮސްފަ އެވެ.މީގެ އިތުރުން، ގާނޫނާ ހިލާފަށް ކައިވެންޏެއް ކޮށްދިިނުމަށް މަގުފަހިވާ ގޮތަށް އަމަލު ކުރެއްވިކަން ސާބިތުވެ މިއަހަރުގެ ފެބްރުއަރީ މަހު ގާޒީ ސަސްޕެންޑް ވެސް ކޮށްފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ