ގުރައިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި
ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.އެމްޑީޕީއިން ބުނީ ރައްޔިތުންގެ މަޖިލިސް ގުރައިދޫ ދާއިރާ ބައި އިލެކްޝަންގެ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލުން މާލެއާއި އެދާއިރާގެ ރަށްރަށުގައި ފެށިގެން ކުރިއަށްދާ ކަމަށެވެ.ވޯޓުލުން އޮންނާނީ މިއަދުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށް ވެސް އެ ޕާޓީއިން ބުނެ އެވެ.ޕްރައިމަރީގައި ވާދަކުރަނީ ހަތަރު ބޭފުޅުންނެވެ. އެއީއަބްދުﷲ ސައީދު، ވެލި، ކ. ގުރައިދޫމުހައްމަދު މުސްތަފާ، ވިވިޑް/ކ.މާފުށިއިބްރާހިމް ޝާޒް، ހ. ތާޅަފިލި/މާލެސަލްމާން ރަޝީދު، މާފަރިވާގެ/ ކ. މާފުށިކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އޭނާ އަވަހާރަވުމުން، އެ ދާއިރާގެ މަޖިލިސް ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 15 އަށެވެ. އިދިކޮޅު ޕީޕީއެމްގެ ސަޕޯޓު ބޮޑު ގުރައިދޫ ދާއިރާއަށް ވާދަކުރުމަށް، އެމްޑީޕީގެ އިތުރުން ޕީޕީއެމް، އެމްއެންޕީން އަދި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) ވެސް ވާދަކުރެއެވެ.ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓު، އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއަށް މިހާރު ވަނީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ