މަގޫދޫ ކައުންސިލްގެ ފަރާތުން އެރަށު ރައްޔިތުންނަށް ރޯދަ ހަދިޔާއަކަށް ރަމަޟާންމަހު އެރަށުގެ ހުރިހައި ގޭބީސީއެއްގެ ކަރަންޓް ބިލް ކައުންސިލުން ދައްކައިދިނުމަށް ނިންމައިފިއެވެ.
އެގޮތުން ކައުންސިލުން ރޯދަމަހުގެ ކަރަންޓު ބިލު ދައްކައިދިނުމަށް ނިންމިއިރު، މަގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީންން ވަނީ އެރަށުގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ކާށި ހަދިޔާކޮށްފައެވެ.
އެރަށުގައި ޖުމްލަ 130 ގޭބީސީ ހުރިއިރު، ހުރިހާ ގޭބިސީއެއްގެ ރޯދަމަހުގެ ކަރަންޓު ބިލު ދައްކައިދިނުމަށް ގާތްގަނޑަކަށް 250000 އާއި 300000 ރުފިޔާ ހަރަދުވާނެކަމަށް އެރަށު ކައުންސިލުން ލަފާކުރެއެވެ.
މީގެ އިތުރުންވެސް މަގުދޫ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އަންނަނީ ރަށުގެ ރައްޔިތުންނަށް ފައިދާ ވާނެ އަދި ނަފާ ލިބޭނެ އެތައް ކަމެއް ކުރަމުންނެވެ.
މަގޫދޫ ރައްޔިތުންނަށް ރޯދަ ހަދިޔާއަކަށް ކަރަންޓު ހިލޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ