ޓެކްސް އަކީ ހަރާން އެއްޗެއް ކަމަށް ބުނެ، އެއީ ފޭރުން ކަމަށް ބުނި ޖަނާބު ޓެކްސް ބޮޑުކުރަން ބިލް ހުށައަޅައިފި

ޓެކްސް = ފޭރުން⁉️ މިހެން ކުރީގައި ވިދާޅުވި މެންބަރު އިބްރާހިމް މުޙައްމަދު (ޖަނާބު)، މިހާރު ވަނީ ދުންފަތުގެ ޓެކްސް ބޮޑުކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅުއްވާފަ!
???? އޭނާ މީގެ ކުރިން ސޯޝަލް މީޑިއާގައި ޓްވީޓް ކުރައްވާފައިވޭ: “ޓެކްސް ނެގުމަކީ ސިސްޓަމެޓިކްކޮށް ފޭރުން. މި ހަގީގަތް ބަދަލެއް ނުކުރެވޭނެ”
???? އެކަމަކު މިހާރު؟
ސިނގިރޭޓު ޓެކްސް: 3 ރުފިޔާއިން 8 ރުފިޔާ އަށް! ކުޑަ އަދަދެއްވެސް ނޫން!
އެހެން ދުންފަތުގެ ބާވަތްތައް: 50% އިތުރުވާނެ
ތަންފީޒުކުރަން ފަށާނީ: ނޮވެމްބަރު 1 އިން
⚡️ އަދި ޝޮކިންގ ޕޮއިންޓް:
2019 ގައި އޭނާ ވިދާޅުވި: “މުސްލިމުންގެ މުދަލުން ހުއްދަ ނޫން ޓެކްސް ނެގުމާ އަޅުގަނޑު ދެކޮޅު”
މިއަދު: ޓެކްސް ބޮޑުކުރަން ބިލު ހުށަހަޅުއްވައިފި! އިލާހީ ދީނަކަށް ބަދަލު ނާދޭ! ބަދަލު އައީ ޖަނާބަށް
???? ބޯނަސް ޕޮއިންޓް: ކުރިން މިއުޒިކަކީ ހަރާމް އެއްޗެކޭ ވިދާޅުވި އިބްރާހިމް، މިއަހަރުގެ އިންތިޚާބުގައި ކެމްޕޭނަށް ލަވަޖަހާފައިވޭ!
ކިހިނެއް ހީވަނީ މި ބަދަލު؟ ????
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ