މި މަހު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށް ގެންދަނިކޮށް ހިނގި ހަމަނުޖެހުމުގައި ހުޅުމާލޭގެ ކާމިލް ދީދީ ޕްރީ ސްކޫލަށް ލިބުނު ގެއްލުމުގެ ޒިންމާ އެ ޕާޓީން އަމިއްލައަށް ނަގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް މިއަދު ވިދާޅުވީ އެ ސްކޫލްގެ އެއް ދޮރުފަތުގެ ބިއްލޫރި އަދި ސައުންޑު ސިސްޓަމްގެ މިކްސާގެ ބަޓަނަށް އެ ހަމަނުޖެހުމުގެ ތެރޭގައި ގެއްލުން ލިބިފައިވާ ކަމަށެވެ.
އެހެންވެ، އެ ގެއްލުންތަކުގެ ޒިންމާ ޕީއެންސީން ނަގައި، ބަދަލު ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި މަހުގެ 11 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮއްޓެއް ގުނަމުން ދަނިކޮށް ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ދެބަސްވެ، ބޮޑު ހަމަނުޖެހުމެއް ހިނގި އެވެ.
ސޯޝަލް މީޑިއާގައި ވެސް އާއްމުވި ވީޑިއޯ އިން އެކަކު އަނެކަކާ ދިމާއަށް، އެ ތަނުގައި ހުރި ގޮނޑިތައް އުކާ މަންޒަރާއި، އިންޒާރުދޭ އަޑު އިވެ އެވެ.
The most trusted news source in the Maldives
އެ މައްސަލައާ ގުޅިގެން މިދިޔަ ހަފުތާގައި ތިން މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރި އެވެ.
ޕީއެންސީގެ އިންތިހާބުގެ ތެރެއިން ހިންގި ހަމަނުޖެހުމުގައި ސްކޫލަށް ލިބުނު ގެއްލުމުގެ ޒިންމާ އެ ޕާޓީން ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ