މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް، އެމްޕީއެލުން މިދިޔަ ހަފްތާގައި 1804 ކޮންޓެއިނަރ ކްލިއަރކޮށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. އޭގެތެރޭގައި ގިނައީ އަސާސީ ކާބޯތަކެތިކަމަށްވާ ފިޔައާއި ބިހެވެ.
މޯލްޑިވްސް ޕޯޓްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 12 އިން 18 ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި މުދާ އުފުލާ ބޯޓުފަހަރުން ކޮންޓެރިނަރ ވަނީ ކްލިޔަރކޮށްފައެވެ. ކްލިއަރެންސް ދެވުނު ކޮންސައިންމަންޓަށް ބަލާއިރު 1453 ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި 351 އާންމު މުދާ އުފުލާ ބޯޓުފަހަރު ހިމެނެއެވެ.
މި މުއްދަތުގެ ތެރޭގައި ކްލިއަރެންސް ދެވުނު މިންވަރަކަށް ބަލާއިރު ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 41،753.59 ފްރައިޓް ޓަން ވަނީ ކްލިއަރކޮށްފައެވެ. އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 2،179.98 ފްރައިޓް ޓަން ވަނީ ކްލިއަރކޮށްފައެވެ.
މާލޭ ވިޔަފާރި ބަނދަރަށް މިދިޔަ ހަފްތާގައި އައި ބޯޓުފަހަރުގެ އަދަދަށް ބަލާއިރު ކޮންޓެއިނަރ އުފުލާ 3 ބޯޓުފަހަރު އަދި އާންމު މުދާ އުފުލާ 3 ބޯޓުފަހަރު ވަނީ އައިސްފައެވެ. އަދި ފުރި އުޅަނދަށް ބަލާއިރު ކޮންޓެއިނަރ އުފުލާ 4 ބޯޓުފަހަރު އަދި އާންމު މުދާ އުފުލާ 4 ބޯޓުފަހަރު ވަނީ މާލޭ ވިޔަފާރި ބަނދަރުން ފުރާފައެވެ.
ކޮންޓެއިނަރުގެ ތަފާސްހިސާބަށް ބަލާއިރު ބޭލުނު ކޮންޓެއިނަރުގެ އަދަދަކީ 2،028 އެވެ. އަދި ބޭރުކުރެވުނު ކޮންޓެއިނަރުގެ އަދަދަކީ 1730 އެވެ. ޖުމްލަ އޮޕަރޭޝަންއަކީ 3،758 ކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
* ބިސް: 15،530 ކޭސް
* ފިޔާ: 15،821 ބަސްތާ
* ދޮންކެޔޮ: 2،112 ކޭސް
* އަލުވި: 4،673 ބަސްތާ
* ޓޮމާޓޯ: 3،614 ކޭސް
ކްލިއަރކުރާ ކޮންޓެއިނަރުގެ އަދަދު އިތުރުވަމުންދާއިރު އެމްޕީއެލްއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. އެގޮތުން މީގެކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން ކުޑަވެފައިކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އެމްޕީއެލްއިން މިދިޔަ ހަފްތާގައި 1800 ކޮންޓެއިނަރ ކްލިއަރކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ