ތަށި ދިފާއު ނުކުރެވުނަސް އާޖެންޓީނާ ފަހުރުވެރި ޓީމެއް: ސްލަކޯނީ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ސްޕޭން އަތުން ބަލިވެ، ތަށި ދިފާއު ނުކުރެވުނަސް އާޖެންޓީނާ އަކީ ފަހުރުވެރި ޓީމެއް ކަމަށް ކޯޗު ލަޔޮނަލް ސްކަލޯނީ ބުނެފި އެވެ.
2022 ވަނަ އަހަރުގެ މުބާރާތުގެ ތަށި އާޖެންޓީނާ އަށް ހޯދައިން ކޯޗު ބުނީ ސްޕޭން އަތުން އިތުރު ވަގުތުގައި އެއް ކުޅުންތެރިއަކު މަދުން ކުޅެ 1-0އިން ބަލިވިޔަސް އާޖެންޓީނާ ތަށި އަލުން ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށެވެ.
"މިއީ ފަހުރުވެރި ޓީމެއް. އަހަރުމެން މި މުބާރާތަށް އައީ ވެސް ވަރަށް ބޮޑި ފަހުރަކާއެކު. ދެން ތަށި ހޯދަން އަހަރުމެން ވަރަށް މަސައްކަތް ކުރިން. މިއީ ޝަރަފުވެރި ޓީމެއް. އަހަރެން ޔަގީނުން ވެސް މި ޓީމާމެދު ފަހުރުވެރިވަން. ބަލިވީމާ ކޮންމެ ބަޔަކު ވެސް ދެރަވާނެ. އެކަމަކު އެއާއެކު އަހަރުމެން ފަހުރުވެރިވަން،" ކޯޗު ބުންޏެވެ.
އޭނާ ބުނީ އަބަދުވެސް ތަށި ދިފާއު ކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި ބަލިވުމުން ދެން އޮންނާނީ އަބަދުވެސް އެކަމުން އަރައިގަނެ ކުރިއަށް ދިއުން ކަމަށެވެ.
ތަށި ނުލިބި ބަލިވާ ޓީމެއްގެ މަތިން އެކަކު ވެސް ހަނދާން ކުރާނެތޯ އެހުމުން ކޯޗު ބުނީ އޭނާ އެކަން ހަނދާން ކުރާނެ ކަމަށެވެ.
"މި ހިސާބަށް (ފައިނަލަށް) އާދެވެނީ ވެސް ވަރަށް މަސައްކަތުން. ޔަގީން އަހަރުމެން މޮޅުވާން ބޭނުންވި. އެކަން ނުވީ. އެކަމަކު މި ޓީމު ކުރި މަސައްކަތަށް އޮތީ ޝުކުރާއި ތައުރީފް. އެކަމަކު މޮޅުވާން ހުރިހާ ކަމެއްކޮށްފައި ބަލިވީމާ އަލުން އެނބުރި މި ހިސާބަށް އައުމަކީ އުނދަގޫ ކަމަކަށް ވެސް ވާނެ،" ކޯޗު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ