ގަތަރުގެ ކުރީގެ އަމީރު، ޝައިހު ހަމަދު ބިން ހަލީފާ އަލް ސާނީ މިއަދު އަވަހާރަވެއްޖެ އެވެ.
ގަތަރު ސަރުކާރުން ވަނީ 1995 އިން 2013 އަށް އެ ގައުމުގެ ވެރިކަން ކުރެއްވި އަމީރު އަވާހަރަވިކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.
ޝައިޚް ހަމަދަކީ ޒަމާނީ ގަތަރު ބިނާކުރުމުގެ އެންމެ މުހިންމު އެއް މޭސްތިރިޔާ އެވެ. އޭނާ ވަނީ ގަތަރަށް އާދަޔާ ހިލާފް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވައިފަ އެވެ.
"މާތްﷲގެ މިންވަރުފުޅަށް ރުހިގެންވާ ހާލު، އިއްޒަތްތެރި އަމީރު ޝައިޚް ހަމަދު ބިން ޚަލީފާ އާލް ސާނީގެ ބައްޕާފުޅު، މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވިކަން އިއުލާނުކޮށް، މުޅި އުންމަތަށް ލިބުނު ބޮޑު ގެއްލުމާއި ހިތާމަ ފާހަގަކުރަމެވެ. މާތްﷲ އެމަނިކުފާނަށް ރަޙުމަތްލައްވާށިއެވެ." އަމީރުގެ އޮފީހުން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައިވެ އެވެ.
ޝައިހް ހަމަދަކީ ރާއްޖެއަށް ވެސް އެކި ދާއިރާތަކުން އެތައް އެހީއެއް ދެއްވި ބޭފުޅެކެވެ. މިސްކިތްތައް އިމާރާތްކުރުމާއި މަރާމާތުކުރުމުގެ މަޝްރޫއުތައް ހިންގަވާފައިވެ އެވެ. ލ. ގަމުގައި ހުންނަ ޝައިޚް ހަމަދު ބިން ޚަލީފާ އާލް ޘާނީ (ހަމަދު ސްކޫލް) އަކީ މިފަދަ އެހީތަކުގެ ތެރެއިން ފާހަކޮށްލެވޭ ތަނެކެވެ.
މިހާރު މީޑިއާގައި ނުފޫޒު ގަދަ "އަލް ޖަޒީރާ" އަކީ ވެސް ހަމަދުގެ ވެރިކަމުގައި 1996 ވަނަ އަހަރު ނެރުއްވި ގަރާރެއްގެ ދަށުން އުފެއްދި ނެޓްވޯކެކެވެ.
ގަތަރުގެ ކުރީގެ އަމީރު ޝައިހު ހަމަދު އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ