ބިއުޓީ ބާ ބައި ޒީ ؛ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އަންހެނުންނަށް ހާއްސަ ސެލޫން
އެންމެ ޒަމާނީ ވަސީލަތްތަކާއެކު އަންހެނުންނަށް ހާއްސަ ބިއުޓީ ސެލޫނެއް ހުޅުމާލެ ފޭސް 1ގައި ހުޅުވައިފި އެވެ."ބިއުޓީ ބާ ބައި ޒީ"ގެ ނަމުގައި މިދިޔަ ހުކުރު ދުވަހު ޒީ މޯލްޑިވްސް އިން ހުޅުވި މި ސެލޫނުން އަންހެނުން ރީތިވުމަށް ބޭނުންވާ އެންމެ ފަހުގެ ހިދުމަތްތައް ލިބެން ހުރެ އެވެ. މި ސެލޫންގައި އަންހެނުން ޒީނަތްތެރިވުމަށް، ފޯރުކޮށްދޭ މައިގަނޑު ހުރިހާ ހިދުމަތްތަކެއް ވެސް ފޯރުކޮށްދެނީ ރާއްޖޭގައި ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ދެ ބިއުޓީޝަނުންނެވެ.ބިއުޓީ ބާ ބައި ޒީ އިން ލިބެން ހުންނަ ހިދުމަތްތަކުގެ ތެރޭގައި:އިސްތަށިގަނޑު ކޮށުންފޭޝަލް ހެދުންއިސްތަށިގަނޑު ދޮވުމާއި ކުލަ ޖެއްސުންނިޔަފަތިތައް ސާފުކޮށް ރީތިކުރުންވެކްސް ކުރުންފްރާންސްގެ އުފެއްދުންތައް ބޭނުންކުރާ، އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ މި ސެލޫން ހުންނަނީ ހުޅުމާލެ ފޭސް 1ގެ ރިއޯ ގްރޭންޑް ރެސްޓޯރެންޓް ކައިރީގައި، ކިނބިގަސް މަގު 5 މަގު 5 ނަމްބަރު ގޯޅީގަ އެވެ.މި ސެލޫން ހުޅުވާފައި ހުންނާނީ ހެނދުނު 11:30 އިން ރޭގަނޑު 8:30 އަށް. ބުކިން ހެއްދެވުމަށް 9875005، 3345005 އަށް ގުޅުއްވައިގެން އެޕޮއިންޓްމެންޓް ހަމަޖެއްސޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ