'ބާޣީ 4'ގެ ޓްރެއިލަރު ދައްކާލައިފި
މި ފެށޭ ސެޕްޓެންބަރު މަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމު "ބާޣީ 4"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ. ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމާ އެކު ވަރަށް ގިނަ ބެލުންތެރިން ބުނެފައިވަނީ މިއީ ފިލްމު "އެނިމަލް" އަދި އާމިރު ޚާން ލީޑް ރޯލް ކުޅުނު ފިލްމު "ގަޖްނީ"ގެ މިކްސްއެއް ކަމަށެވެ. ސަބަބަކީ ބައެއް މަންޒަރުތަކުން ޓައިގާ ދައްކުވައިދެނީ އާމިރު ޚާން ފިލްމު "ގަޖްނީ"ގައި ދެއްކި ސަންޖޭ ސިންގްހާނިއާގެ ކެރެކްޓާ ކަމަށާއި އަނެއްބައި މަންޒަރުތަކުގައި އެކްޓަރު ފެންނަނީ ރަންބީރު ކަޕޫރު "އެނިމަލް"ގައި ކުޅުނު ރަންވީޖޭ ސިންގް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ސެޕްޓެންބަރު މަހުގެ ފަސްވަނަ ދުވަހު ސިނަމާތަކަށް ގެންނަ ފިލްމު "ބާޣީ 4" އަކީ މި ފްރެންޗައިސްގެ ދަށުން އުފައްދާ ހަތަރުވަނަ ފިލްމެވެ. ފިލްމު "ބާޣީ 4"ގެ ޕޯސްޓަރެއްގައި އެކްޓަރު ސަންޖޭ ދަތު އަދި ބަތަލާ ސޯނަމް ބާވްޖާ--ފޮޓޯ/ދަސްޓޭޓްސްމަން މިހާތަނަށް އެކްޓަރު ޓައިގާ ޝްރޮފް ލީޑް ރޯލުން ފެނިފައިވާ މި ފިލްމުގެ މުހިންމު ތަރިންގެ ތެރޭ ސަންޖޭ ދަތު ސޯނަމް ބާވްޖާ އަދި ފިލްމީ ދާއިރާއަށް އަލަށް ތައާރަފުވާ އިންޑިއާގެ މިސް ޔުނިވާސް ހަރްނާޒު ސާންޑޫ ހިމެނެއެވެ. ފިލްމުގައި ހަރްނާޒު ފެންނާނީ ޓައިގާގެ ލޯބިވެރިޔާގެ ރޯލުންނެވެ. މިއީ ސަންޖޭ ދަތު ވަރަށް ރަހުމު ކުޑަ ވިލެންއެއްގެ ރޯލުން ބެލުންތެރިންނަށް ފެންނާނެ ފިލްމެކެވެ. ފިލްމުގެ ޕޯސްޓަރުތަކަށް ބަލާލިޔަސް މިއީ ވަރަށް ބޮޑު ލޭއޮހޮރުވުންތަކެއް ދައްކުވައިދޭނެ ފިލްމެއް ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. ފިލްމުގެ ޓްރެއިލާ ބަލާލުމަށް ފަހު ގިނަ ބަޔަކު ބުނެފައިވަނީ މިއީ ބްލޮކްބަސްޓާ ފިލްމަކަށްވުމުގެ ފުރުސަތު ބޮޑު ކަމަށާއި ފިލްމުގެ ނަތީޖާ ބޮކްސް އޮފީހުގައި ނުކުންނާނެ ކިހިނެއްކަން ބުނަން ދަތި ކަމަށެވެ. ސަބަބަކީ މިފަހުން ޓައިގާގެ ރިލީޒްކުރި ފިލްމުތަކަށް ލިބޭ ނާކާމިޔާބީއާ އެކު "ބާޣީ 4"އަކީ އެކްޓަރުގެ ކެރިއަރަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފާނެ ފިލްމެއް ކަމަށް އުންމީދުކުރެވޭ ކަމަށް ވެސް ޓައިގާގެ ސަޕޯޓަރުން ވަނީ ބުނެފައެވެ. އޭ ހާޝް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ