ކުއްޖަކު މަރުވި އެކްސިޑެންޓު: އަނިޔާވި 40 އަހަރުގެ މީހާގެ ސިކުނޑިއަށް ލޭ އެޅި ވެންޓިލޭޓަރުގައި
މާލޭގައި ރޭ، ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ސީރިއަސް އަނިޔާތަކެއް ލިބުނު 40 އަހަރުގެ މީހާގެ ސިކުނޑިއަށް ލޭ އެޅި އެ ނޫން ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން އެނގިއްޖެއެވެ. ރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެތަނުގައި އޮންނަ ކަފިރި ހުރަސް މަތިން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހި، އަނެއް ފަރާތުން ދުއްވި ލޮރީއެއްގެ ޖެހުނެވެ. https://x.com/sunbrk/status/1944454718966878252 ކަފިހި ހުރަސް މަތިން ދިޔައީ ކަސްރަތަށް ދުވަން އުޅުނު މީހެކެވެ. އޭނާ ދިޔައީ ވިއްސައިގެން ދުރަށެވެ. ސައިކަލުގައި ތިބި 16 އަހަރާއި، 17 އަހަރުގެ ދެކުދިން ލޮރީ ދަށުވީއެވެ. އެ ތިން މީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންދިޔައެވެ. އޭގެ ތެރެއިން 17 އަހަރުގެ ކުއްޖާ ރޭ ވަނީ މަރުވެފައެވެ. މަރުވީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދެވެ. https://sun.mv/208555 މި ހާދިސާގައި އަނިޔާވި އަނެއް ދެ މީހުންގެ ހާލަތާ ގުޅޜ މައުލޫމާތު "ސަން"އާ ހިއްސާކުރަމުން އައިޖީއެމްއެޗުން ބުނީ، އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު 40 އަހަރުގެ މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާގެ މޫނުގެ ކަށިތައް ފްރެކްޗާވެ، ސިކުނޑިއަށް ލޭ އެޅި ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އައިޖީއެމްއެޗުން ބުނީ، އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ވޯޑުގައި އެޑްމިޓުކޮށްގެން ކަމަށެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލް ހިއްސާ ނުކުރެއެވެ. https://sun.mv/208190 މިފަހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވެއެވެ. އޭގެ ތެރޭގައި ކަފިހި ހުރަސް މަތިން މީހުން ހިނގައިފައި ދަނިކޮށް، އުޅަނދުތަކުން ޖެހި އަނިޔާވާ މައްސަލަތައް ވެސް ގިނައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ