އެޗްޑީސީ އަތުން ބިޝްކެކްއަށް މޮޅެއް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025ގައި ރާއްޖޭގެ ކުލަބު އެޗްޑީސީ ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާން ޗެމްޕިއަން ބިޝްކެކް އަތުން ބަލިވެއްޖެއެވެ. ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗު ބިޝްކެކުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ތިން ސެޓުގައި ވެސް އެޗްޑީސީން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. މެޗުގެ ސެޓުތައް ބިޝްކެކް ޓީމުން ކާމިޔާބުކޮށްފައިވަނީ 27-25، 26-24 އަދި 25-20 އިންނެވެ. އެޗްޑީސީ އާއި ބިޝްކެކް ބައްދަލުކުރި މެޗުގެ ތެރެއިން -- މި މުބާރާތުގައި ބޭރުގެ ކުލަބުތަކުގެ ގޮތުގައި ވާދަކުރަނީ ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި، ލަންކާގެ ޕޯޓްސް އޮތޯރިޓީ އާއި، ކިރިގިސްތާނުގެ ބިޝްކެކު އަދި ކަޒަކިސްތާނުގެ ޒައިކްއެވެ. ރާއްޖެއިން ވާދަކުރާ ދެ ކުލަބަކީ ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީއެވެ. މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގު ކުލަބު ޗެމްޕިންޝިޕުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކުލަބާއި ހެލްޕް ނޭޕާލްއެވެ. މިއީ އޭވީސީ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަން ބުރެއްގެ ގޮތުގައި ރާއްޖޭގައި ބާއްވާ ފުރަތަމަ މުބާރާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ