ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް)ގެ ރައީސްގެ މަގާމަށް ޑރ. އާއިޝަތު ރަމީލާ މިއަދު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މަގާމަށް ރަމީލާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ އިިއްޔެ އެވެ.
ތަފްސީލް - ރަމީލާ އެޗުއާރުސީއެމްގެ މެންބަރުކަމަށް އައްޔަން ކޮށްފައިވަނީ މިދިޔަ މަހު ކުރީކޮޅު އެވެ. ސިއްހީ ހާލަތު ގޯސްވެގެން ކަމަށް ވިދާޅުވެ، ރަމީލާ މި ސަރުކާރުގެ ކެބިނެޓުން އިސްތިއުފާ ދެއްވީ ޑިސެމްބަރު 2024ގަ އެވެ.
އެޗުއާރުސީއެމް ހިމެނޭހެން މިނިވަން މުއައްސާތަކަށް ރައީސުން އައްޔަން ކުރަނީ ކުރިން އޮންނަ ގޮތަށް އެ ކޮމިޝަނެއް ތެރޭ ނަގާ ވޯޓަކުން ނޫނެވެ. އެ ކޮމިޝަނަކަށް ރައީސަކު އައްޔަން ކުރަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ނަމެއް މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވުމުން، މަޖިލީހުގެ ރުހުމާ އެކު އެވެ. އެގޮތަށް ގާނޫނުތައް ބަދަލުކޮށްފައިވަނީ 2024ގަ އެވެ.
އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ