ކޮންޓްރެކްޓަރުންނަށް ލުއިތަކެއް ދީ، ހުޅުމާލޭ ފޭސް 3ގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އަލުން އިއުލާނުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީން މިދިޔަ މަހުގެ 24ގައި ކުރި އިއުލާނުގެ އާރުއެފްޕީއަށް ބައެއް އިސްލާހުތައް ގެނެސް އަލުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.
ތަފްސީލް - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ، %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ކުރިމަތިލެވޭ އެ މަޝްރޫއު ކުރިއަށް ގެންދާނީ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްގެ ދަށުންނެވެ.
މީގެ ކުރިން އާރުއެފްޕީގައި ހިމަނާފައިވާ އެންޑް ޔޫޒަރުންނަށް ނުވަތަ ގަންނަ މީހުންނަށް ޑިވެލޮޕަރު އިންޝުއަރެންސް ފޯރުކޮށްދޭން ޖެހޭ ގޮތަށް އޮތް ބައިތައް ވަނީ އުނިކޮށްފަ އެވެ.
މީގެ އިތުރުން، މަޝްރޫއުގެ ކޮންސްޓްރަކްޝަން ހަރަދުގެ ގޮތުގައި ހޭދަވާނެ ކަމަށް ލަފާކުރާ އަދަދު ބަޔާންކޮށް މާލީ އިދާއާރަކުން ދޫކުރާ ލެޓާ އޮފް ކޮމްފޯޓު ހުށަހަޅަން ޖެހޭ ގޮތަށް ވަނީ އިސްލާހުކޮށްފަ އެވެ. މީގެ ކުރިން އޮތީ މަޝްރޫއުގެ ކޮންސްޓްރަކްޝަނަށް ހޭދަވާ އަގުގެ %100 މަސައްކަތް ކުރާ ކުންފުނިން ކަވަރު ކުރާނެ ކަމުގެ ޕްރޫފް އޮފް ފަންޑް ހުށަހަޅަން ޖެހޭ ގޮތަށެވެ.
އެފޯޑަބަލް ހޯމް އޯނާޝިޕް ޔުނިޓްސް:
ހައުސިން ޔުނިޓު އަޅާނީ ފޭސް ތިނެއްގެ ފަސް ޕްލޮޓެއްގައި؛ ކޮންމެ ޕްލޮޓެއްގައި 200 ހައުސިން ޔުނިޓު
ހައުސިން ޔުނިޓު އަޅަން ބިން ދޫކުރާނީ އެއްވެސް އަގެއް ނުނަގައި؛ ޔުނިޓުތައް ވިއްކާނީ މިނިސްޓްރީން ކަނޑައަޅާ ބަޔަކަށް، އެ ކުންފުންޏަކުން
މި މަޝްރޫއުގެ ދަށުން 3 ކޮޓަރި (އެންމެ ކުޑަވެގެން 950 އަކަފޫޓު) އަދި 2 ކޮޓަރި (އެންމެ ކުޑަވެގެން 700 އަކަފޫޓު)ގެ ޔުނިޓުތައް އަޅާނެ
ތިން ކޮޓަރީގެ އެޕާޓްމަންޓު ވިއްކޭނެ އެންމެ ބޮޑު އަގަކީ 2.3 މިލިއަން ރުފިޔާ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ އެންމެ ބޮޑު އަގަކީ 1.8 މިލިއަން ރުފިޔާ
ޕްލޮޓު ހަވާލުކުރާ ތާރީހުން ފެށިގެން 30 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ޔުނިޓު ގަންނަ މީހުންނާ ހަވާލުކުރަން ޖެހޭނެ
މިކަމާ ގުޅޭ ގޮތުން މި މަހު 22ގެ ނިޔަލަށް މައުލޫމާތު ސާފުކުރެވޭނެ އެވެ.
އާރުއެފްޕީއަށް ގެނައި އިސްލާހުތަކާ އެކު މި މަޝްރޫއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 31 އެވެ. މައުލޫމާތު ސާފުކޮށް، ޕްރޮޕޯސަލް ފޮނުވާނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.
ހުޅުމާލޭ ފޭސް 3ގެ އަގުހެޔޮ ފްލެޓުތައް އަޅާނެ ބަޔަކު ހޯދަން ލުއިތަކެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ