އީރާން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ ޕެޓްރޯލާއި ޑީސަލްގެ އަގު ސްރީ ލަންކާ އާއި ޕާކިސްތާނުގައި ވެސް ބޮޑުކޮށްފި އެވެ.
ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕެޓްކޯ) އިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އިއްޔެ އިން ފެށިގެން ތެލުގެ އަގު ބޮޑުކޮށްފައިވާ ކަމަށެވެ. އެ ގޮތުން ލަންކާގައި ތެޔޮ މިހާރު ވިއްކަނީ؛
ޕެޓްރޯލް ލީޓަރެއް 365 ރުޕީސްއަށް؛ މިއީ 25 ރުޕީސްގެ އަގު ބޮޑުވުމެއް
ޑީސަލް ލީޓަރެއް 353 ރުޕީސްއަށް، މިއީ 24 ރުޕީސްގެ ބޮޑުވުމެއް
އޭޝިއާ، ޔޫރަޕް އަދި އުތުރު އެމެރިކާގެ 14 ގައުމެއްގެ ތެރެއިން އެންމެ ބޮޑު ތަނުން ޕެޓްރޯލްގެ އަގު ބޮޑުކޮށްފައިވާ ގައުމަކީ ޕާކިސްތާނެވެ.
ޕާކިސްތާނުގެ ފެޑެރަލް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު ހުރަމް ޝެހްޒާދު ހިއްސާ ކުރެއްވި ތަފާސް ހިސާބުތަކަށް ބަލާ އިރު، ޕާކިސްތާނުގައި ޕެޓްރޯލްގެ އަގު ވަނީ %21އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ހިންގާ އޮޕަރޭޝަން ފެށުމުގެ ކުރިން ޕާކިސްތާނުގައި ޕެޓްރޯލް ލީޓަރެއްގެ އަގަކީ 0.95 ސެންޓެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިއުމާ ގުޅިގެން ފެޑެރަލް ސަރުކާރުން ވަނީ ލީޓަރެއްގެ އަގުން 0.20 ސެންޓް ބޮޑުކޮށްފަ އެވެ. މިއީ %21ގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، އަފްގާނިސްތާން، ޗައިނާ އަދި އިންޑިއާގައި އަދި މިހާތަނަަށް ތެލުގެ އަގު އާންމުންގެ އަތުން ބޮޑުކޮށްފައެއް ނުވެ އެވެ.
ސަރަހައްދީ އެހެން ގައުމުތަކާ އަޅާބަލާ އިރު ނޭޕާލުގައި ޕެޓްރޯލް ލީޓަރެއް 1.40 ޑޮލަރުން 1.43 ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ. ބަންގްލަދޭޝްގައި ލީޓަރެއްގެ އަގު 1.14 ޑޮލަރުން 1.18 ޑޮލަރަށް ބޮޑުކޮށްފައިވާ އިރު ސްރީލަންކާގައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ ލިޓަރަކުން 0.01 ސެންޓް ބޮޑުކޮށްފަ އެވެ. މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 1.23 ޑޮލަރަށެވެ.
ލަންކާ އާއި ޕާކިސްތާނުގައި ވެސް ތެލުގެ އަގުތައް ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ