ޖޭއެސްސީގެ މެންބަރުކަމަށް ފަނޑިޔާރު ޝަފީއު އައްޔަން ކުރައްވައިފި
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އައްޔަން ކުރައްވައިފި އެވެ.ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހަސަން ޝަފީއު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ.ހަސަން ޝަފީއުއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމްއެވެ.މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ހަސަން ޝަފީއުއާއި ހަވާލުކޮށްދެއްވާފަ އެވެ. ފަނޑިޔާރު ޝަފީއު ކުރިން ވަނީ ފެމިލީ ކޯޓާއި ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ