މިއަދު ކުރިއަށް ދިޔަ އިންތިޚާބުގައި ގިނަ ވޯޓު ފޮށިތައް ބަންދުކުރުމަށްފަހު ގުނަން ފަށައިފިއެވެ.
މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 588 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މީގެ ތެރެއިން މާލެ ސަރަޙައްދުގައި އެކަނި 240 ވޯޓުފޮށި ބަހައްޓާފައިވާއިރު އަތޮޅުތަކުގައި 322 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަދި ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި، ޖަލުތަކުގައި 5 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
މިއަދު ހަވީރު 5:00 ޖެހުމާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިޔައިރު، މިހާރު ގިނަ ފޮށިތައް ވަނީ ބަންދުކޮށްފައެވެ. އަދި ބަންދުކުރިތާ 30 މިނެޓް ވުމުން ބައެއް ފޮށިތަކުގެ ވޯޓު ގުނުންވެސް ވަނީ ފަށާފައެވެ.
ނަމަވެސް އަދިވެސް ބައެއް ފޮށިތަކުގެ ވޯޓުލުން ނުނިމޭކަމަށް މައުލޫމާތު ލިބެއެވެ. އެއީ އެ ފޮށިތަކުގެ ކިޔު ބަންދުވިއިރު ގިނަ ބަޔަކު ވޯޓުލާން ގޮސް ތިބުމުގެ ސަބަބުންނެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި ހަވީރު 4:00 ޖެހުމާ ހަމައަށް %60 އަށްވުރެ ގިނަ މީހުން ވަނީ ވޯޓުލާފައެވެ.
ވޯޓު ފޮށިތައް ބަންދުކޮށް، ގުނަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ