ކުރިއަށް އޮތް 2026 އޭޕްރީލް ފަހެއް ވާ އާދިއްތަ ދުވަހާއި، އޭޕްރީލް ހައެއް ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދި ދެންމެއަކު ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދެ ދުވަސް ބަންދު ދުވަހުގެ ގޮތުގައި ހަމަޖެއްސެވީ، މިއަދު (04 އޭޕްރީލް 2026) ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ފެންނަ ނުފެންނަ ވޯޓުލުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާތީއެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަމަށް އެދިވަޑައިގަތީ، އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، އާންމު ރައްޔިތުން ހަރަކާތްތެރިވަމުންދާތީއެވެ. ޚާއްޞަކޮށް، ވޯޓުލުމަށްފަހު ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތަކަށް ވަގުތު ބޭނުންވާތީ، އޭޕްރީލް ފަހެއް ވާ އާދިއްތަ ދުވަސް ބަންދުކޮށްދިނުމަށް ކޮމިޝަނުން އެދިފައިވެއެވެ.
މީގެ އިތުރުން، އިންތިޚާބަށްފަހުވެސް އިންތިޚާބާ ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، އޭޕްރީލް ހައެއް ވާ ހޯމަ ދުވަސްވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަނީ ދަންނަވާފައެވެ.
ކުރިއަށް އޮތް ދެ ދުވަސް ސަރުކާރު ބަންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ