ޑިމޮކްރަސީ ހިނގާތަން ފެންނާތީ ވަރަށް އުފާވޭ: ރައީސް ނަޝީދު ބާތިލު ވޯޓުތަކާ މެދު ޒުވާބު ބޮޑުވެ، ބައެއް ފޮށިތައް ގުނުން ހުއްޓިއްޖެ އައްޑޫ ސިޓީގައި ވޯޓު ފޮށިތައް ބަންދުކޮށް، ގުނަން ފަށައިފި މިރޭ ނަތީޖާ ނެރުމަކީ އީސީގެ އަމާޒު މަގުބޫލު ލިޔުންތައް ފެނަކަ ހުޅުދޫ

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މަޖީދިއްޔާ ސްކޫލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މެދުކަނޑާލި ވޯޓު ގުނުން އަލުން ފަށައިފިއެވެ. މި ހަމަނުޖެހުން ހިނގާފައިވަނީ މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި ހެންވޭރު ހުޅަނގު 4 ނަންބަރު ފޮށީގެ ސައްހަ އަދި ބާތިލު ވޯޓު ވަކިކުރުމުގެ އުސޫލާ މެދު އޮބްޒާވަރުން ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅިގެންނެވެ.
މަރުކަޒުގައި ތިބި އޮބްޒާވަރުން ބުނި ގޮތުގައި، ވޯޓު ގުނުމަށް ހުރަސްއަޅައި އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނާ ދިމާލަށް ބާރަށް ހަޅޭއްލަވައި އަޑުގަދަކުރުމުގެ ސަބަބުން މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފައެވެ. މީގެ އިތުރުން އިސްލާމިކް ޔުނިވަސިޓީ އާއި ވިލިމާލޭގައި ވެސް މިފަދަ ނުތަނަވަސްކަމެއް އުފެދުނު ކަމުގެ ރިޕޯޓުތައް ވަނީ ލިބިފައެވެ.
މަޖީދިއްޔާ ސްކޫލުގައި ހަރަކާތްތެރިވާ ނޫސްވެރިން މައުލޫމާތު ދޭ ގޮތުގައި، މިހާރު އެ ފޮށީގެ ވޯޓު ގުނުން ކުރިއަށް ގެންދަނީ ގިނަ އަދަދެއްގެ ފުލުހުންގެ ހާޒިރުގައެވެ. އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު ވިދާޅުވީ، ދިމާވި މައްސަލަ ކޮމިޝަނުން ބަލަމުންދާ ކަމަށާއި، މަސައްކަތް އަލުން ފަށާފައިވަނީ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ