އެމްޑީޕީގެ ހުރިހާ މޭޔަރުން ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި މިދިޔަ ދައުރުގައި ވެސް ފުރުއްވި އިދިކޮޅު އެމްޑީޕީގެ ބޭފުޅުން ދެވަނަ ދައުރަކަށް މިއަދު އިންތިހާބު ވެއްޖެ އެވެ.މިއަދު މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މޭޔަރުކަމުގެ ވޯޓުގައި މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން، މާލެ، ހދ. ކުޅުދުއްފުށީ، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ވަނީ ދެ ވަނަ ދައުރަކަށް ލިބިފަ އެވެ. ތިނަދޫ ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް ވެސް އެމްޑީޕީން ކާމިޔާބުކުރީ ތަފާތު ބޮޑުކޮށެވެ.މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި ފަސް ސިޓީގެ ތެރެއިން ތިނަދޫ ފިޔަވައި އެހެން ހުރިހާ ސިޓީތަކުގެ މޭޔަރު ގޮނޑި އެމްޑީޕީއިން ކާމިޔާބުކުރީ ވަރަށް ތަފާތު ބޮޑުކޮށެވެ.އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ލިބެން ހުރި ނަތީޖާތަކަށް ބަލާއިރު ތިނަދޫގެ މޭޔަރު ރޭހުގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ކުރީގައި އުޅުއްވަނީ %51.65 ވޯޓުންނެވެ.ސަރުކާރު ތަމްސީލުކުރާ ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ %48.35 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ