ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ ގަބޫލުކޮށް، ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުން މިރޭ 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވޯޓު ގުނުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށް ދާއިރު، ދިމިޤްރާޠީ އުޞޫލުން ރައްޔިތުން ބައިވެރިވެ ނިންމި ނިންމުން ބަލައިގަތުމަށް ހުރިހާ ފަރާތްތަކަށް ބާރުއަޅާ ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާއަށް އިޙްތިރާމްކޮށް، ދެބަސްވުމެއް އޮތް ކަމެއްގައިވެސް އަމާންކަމާއި ސުލްހަވެރިކަން އިސްކުރުމަށް އެޗްއާރުސީއެމްއިން ވަނީ ގޮވާލާފައެވެ.
- ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލެއްވި 1,368 ކެންޑިޑޭޓުން.
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރައްވާ 1,593 ކެންޑިޑޭޓުން.
މި އިންތިޚާބަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭއްވޭ މުހިންމު އިންތިޚާބެކެވެ. ވޯޓު ގުނުމުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ދަނީ ކުރިއަށެވެ.
ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ