މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާތައް މިރޭ ދަންދެބައި ވުމުގެ ކުރިން ނެރުމަކީ އަމާޒެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަނުން ބުނީ ތިން ވޯޓެއް އެއްފަހަރާ ނަގާތީ ނަތީޖާ ނެރުމުގައި ކުޑަ ލަސްކަމެއް އުޅުނު ނަމަވެސް، ރައްޔިތުން އުންމީދުކުރާ މިންވަރަށް ނަތީޖާ ހާމަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ކޮމިޝަންގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ މިރޭ ދަންދެބައިގެ ކުރިން ދާއިރާތަކުގެ ނަތީޖާ ނެރެވޭވަރު ކުރުމަށް ކަމަށެވެ. މިއީ ތިން ކަރުދާސްކޮޅު ގުނަންޖެހޭ އިންތިހާބަކަށް ވާތީ، ވޯޓު ގުނުމުގައި އެހެން ފަހަރުތަކަށް ވުރެ ގިނަ ވަގުތު ހޭދަވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަތީޖާ އަވަހަށް ނެރުމަށްޓަކައި، ގިނަ މީހުން ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދާނީ ދެ ސެޓަކަށް ބަހާލައިގެންނެވެ. މިއަދު ހަވީރު 5:00 ޖެހިއިރު ކިއޫގައި މީހުން ނެތް 512 ވޯޓު ފޮއްޓެއް ބަންދުކޮށް، މިހާރު ދަނީ އެ ފޮށިތައް ގުނުމުގެ މަސައްކަތް ކުރަމުންނެވެ. އީސީގެ އޮފީހުން ބުންޏެވެ. ކިއޫގައި މީހުން ތިބި ފޮށިތަކުގެ ވޯޓުލުން ނިމުނުހާ އަވަހަކަށް އެ ފޮށިތައް ބަންދުކޮށް ގުނަން ފަށާނެއެވެ.
އިންތިހާބުގެ ޝަކުވާތައް 40 އަށް އަރައިފި، ގިނައީ ވޯޓާސް ލިސްޓުގެ މައްސަލަތައް ބައެއް ވޯޓު ޓުފޮށިތައް ގުނަން ފަށައިފި އިންތިހާބާ ގުޅިގެން މާދަމާ އާއި ހޯމަ ދުވަސް ސަރުކާރު ބަންދުކޮށްފި ފަހު ދެ ގަޑިއިރު ތެރޭގައި ވޯޓުލީ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ