މިއަދު ބޭއްވި މާލެސިޓީގެ މޭޔަރު ކެނޑިޑޭޓް އިންތިހާބުގެ މިހާތަނަށް ގުނައި ނިމުނު ނަތީޖާތަކުން އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމް ކުރި ހޯއްދަވައިފިއެވެ.
މިހާތަނަށް ގުނައި ނިމުނު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، އާޒިމް ވަނީ، ތިންހާހަށްވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. ދެވަނައަށް އެންމެގިނަ ވޯޓު ހޯއްދަވާފައިވަނީ، ޕީއެންސީ ކެނޑިޑޭޓް މޫސާ އަލީ ޖަލީލެވެ. މޭޔަރު ރޭހުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ތިންވަނައަށް އެންމެގިނަ ވޯޓު އެންމެ ގިނަ ވޯޓު ހޯއްދެވީ އަމިއްލަގޮތުން ކުރިމަތިލެއްވި އިސްމާއީލް ޒަރިޔަންދެވެ.
މިހާތަނަށް ގުނައި ނިމުނު ނަތީޖާތަކަށް ބަލާއިރު ކުޅުދުއްފުށީ ސިޓީ އަދި އައްޑޫސިޓީ މޭޔަރު ގޮނޑިތަކުން ކުރި ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެނޑިޑޭޓުންނެވެ.
އިތުރު ތަފްސީލް އަންނަނީ...
މާލެސިޓީ މޭޔަރު ކެނޑިޑޭޓް ވޯޓު ކުރީގައި އެމްޑީޕީގެ އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ