ހަމަނުޖެހުންތަކާ ގުޅިގެން މެދުކެނޑުނު ގައްދޫގައި ވޯޓުލުން ފަށައިފި

ހަމަނުޖެހުންތަކާ ގުޅިގެން މެދުކެނޑުނު ގދ.ގައްދޫގައި ވޯޓުލުން ފަށައިފިއެވެ.
ގައްދޫގައި ވޯޓުލުން މެދުކަނޑުމަކަށް އައިސްފައިވަނީ، އެރަށު ސްކޫލްގައި ވޯޓުލުން ކުރިއަށްދަނިކޮށް، ވޯޓު ފާހަގަޖަހާ ބޫތެއްގައި ވޯޓުގެ ސިއްރުކަން ނެތްކަމަށް ބުނެ ހޫނުވި ބަހުގެ ހަމަލާތަކަކަށް ފަހުއެވެ. ބައެއް ފަރާތްތަކުން ބުނީ ހަމަނުޖެހުން ފެށެން ދިމާވި ސަބަބަކީ ބޫތަށް ބަދަލުގެނައުމަށް މަސައްކަތްކުރަން އުޅެން ފެށުމުންނެވެ.
ހަމަނުޖެހުމަކަށް ބަދަލުވިނަމަވެސް ފަހުން ވަނީ މައްސަލަ ހައްލުކޮށްފައެވެ. މައްސަލަ ޖެހުނީ ދެ ޕާޓީއެއްގެ މެމްބަރުންގެ މެދުގައެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ