ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ. އެ ކޮމިޝަނުން ނިންމާފައިވަނީ މިއަދު ހަވީރު 5:00 އާ ހަމައަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށެވެ. މިއަދު ހެނދުނު 8:00 ގައި ފެށި މި އިންތިހާބުގެ ވަގުތު އިތުރުކުރަން ޖެހުނީ ވޯޓުލާ މަރުކަޒުތަކުގެ ކިއުތައް ދިގުވެ، ގިނަ ބަޔަކަށް ވޯޓުލުމަށް ދަތިތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަމާ ގުޅޭގޮތުން ބުނީ، މިއަދު ވަރަށް ބޮޑަށް ހޫނުގަދަވުމުގެ ސަބަބުންނާއި ކިއުތައް ދިގުވުމުގެ ސަބަބުން ގިނަ ބަޔަކަށް ވޯޓުލާން އުނދަގޫވެފައިވާ ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ވަގުތު އިތުރުކުރަން ނިންމީ ކަމަށް އެ އޮފީހުން ބުންޏެވެ. އީސީން ހާމަކުރި މައުލޫމާތަށް ބަލާއިރު، މެންދުރުފަހު 2:00 އާ ހަމައަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 44.75 ޕަސަންޓު މީހުންނެވެ.
މިއަދުގެ އިންތިހާބުގައި ޖުމުލަ 2961 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 1593 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1368 ކެންޑިޑޭޓުން ހިމެނެއެވެ. ވޯޓުލުމުގެ އިންތިޒާމުތައް ބައެއް މަރުކަޒުތަކުގައި ދޯދިޔާކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ފާޑުކިޔަމުންދާއިރު، ހާއްސަކޮށް މާލޭގައި އަތޮޅުތަކުގެ މީހުން ވޯޓުލާ ސަރަހައްދުތަކުގައި ޖާގަ ކުޑަވުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.
އޮޅިގެން ނުބައި ފޮށްޓަކަށް ވޯޓު ކަރުދާސް ލެވުނަސް ވޯޓު ބާތިލެއް ނުވާނެ 44 ޕަސެންޓް މީހުން ވޯޓުލައިފި ވޯޓުލާ ގަޑި އިތުރުނުކުރާނެ، ހަވީރު 4 ގެ ކުރިން ކިޔޫއަށް އަރަން އީސީން އެދިއްޖެ އިންތިހާބާ ގުޅިގެން މިހާތަނަށް 36 ޝަކުވާއެއް އީސީއަށް ހުށަހަޅައިފި މަގުބޫލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ