ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭ ވަގުތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފި އެވެ.
އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އީސީ އިން ހުޅުވާލީ މި މަހުގެ 17 ވަނަ ދުވަހުން ފެބްރުއަރީ 1 ވަނަ ދުވަހުގެ މެންދުރުފަހު 3:30 ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރުފަހު 15:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 3:30 އިން ހަވީރު 6:00 އަށެވެ.
އީސީ އިން މިއަދު ބުނީ އިންތިހާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުގެ ފޯމު އޮންލައިންކޮށް ކޮންމެ ދުވަހަކު ހުށަހެޅޭނެ ވަގުތު 2 ގަޑިއިރަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެ ގޮތުން މިއަދުން ފެށިގެން ފެބުރުވަރީ 1 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 05:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:30 އިން ރޭގަނޑު 08:00 އަށް ވަނީ ވަގުތު އިތުރުކޮށްފައިވާ ކަމަށް އީސީ އިން ބުންޏެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް މިހާތަނަށް 2591 ފޯމު ވަނީ ހުށަހަޅާފަ އެވެ.
އިންތިހާބަށް ފޯމު ހުށަހެޅޭ ވަގުތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ