ކުރިއަށް އޮތް ރޯދަމަހުގެ އިނާޔަތް ގާނޫނުގައިވާ ގޮތުގެ މަތިން މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް ދޫކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
ރޯދަ އިނާޔަތް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށް މިނިސްޓްރީން ބުނީ ސަރުކާރުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދީ، މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ނިންމަން ޖެހޭނެ ކަމަށެވެ. އަދި އިނާޔަތުގެ ފައިސާ މި މަހުގެ 10 ގެ ކުރިން ޕަބްލިކް އެކައުންޓިން ސިސްޓަމަށް އަޕްލޯޑުކޮށް، ޕޯސްޓު ކުރަން ވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާން އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާ އަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ފައިސާ ދޭއިރު، އެ މުވައްޒަފަކު އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުން ހަމައެކަނި އެ އިނާޔަތް ދިނުން ހިމެނެއެވެ. އަދި އޮފީހަކަށް ހިދުމަތް ނުލިބޭ ގޮތަށް، ޕޭ ލީވް (ސްކޮލަޝިޕް މުވައްޒަފުން) އަދި ނޯ ޕޭ ލީވް މުވައްޒަފުން، އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނެނޭއެވެ.
އެހެންނަމަވެސް އެފަދަ ލީވެއްގައި ހުރި މުވައްޒަފަކު ރޯދަމަސް ތެރޭގައި ވަޒީފާ އަށް ނުކުމެއްޖެ ނަމަ އެ ދުވަހަކުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް ރޯދަ އިނާޔަތުގެ ފައިސާ ދޭން ޖެހޭނެއެވެ.
އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމެއް ހަމަޖައްސައިފި ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު ހައްޔަރުކޮށްފި ރޯދަ މަހުގެ އުމްރާވެރިންނަށް ޑޮލަރު ދޫކުރުމުގެ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިފި ރައީސް މުޢިއްޒ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ