އަލިފާނުގައި ގެއްލުންވި ހިޔާ ޓަވަރުގެ މަރަމާތު ނިމިއްޖެ

ހިޔާގެ ޓަވަރު 5ގައި މިދިޔަ މަހުގެ 31ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން މީހުން މިއަދު އެ މީހުންގެ އާންމު ދިިރިއުޅުމަށް ރުޖޫއަވާނެ ކަމަށް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެ އޮތޯރިޓީން ބުނީ އަލިފާނުގެ ހާދިސާގައި ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް ނިމި، ހުރިހާ އެޕާޓްމަންޓްތަކަކަށް ފެނާއި ކަރަންޓުގެ ހިދުމަތް އަލުން ދީފައިވާ ކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށެވެ.
ތަފްސީލް - އެ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން 31 އެޕާޓްމަންޓެއްގެ 148 މީހުންނަށް އެހީތެރިކަން ދިން ކަމަށާއި އެ އާއިލާތައް އަނބުރާ އެމީހުންގެ އާންމު ދިރިއުޅުމަށް މިއަދު ރުޖޫއަވާނެ ކަމަށް އެންޑީއެމްއޭން ބުންޏެވެ.
ހިޔާ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގީ ވައިގޮޅީގައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައި ރޯވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ