އޭޝިއަން އިންޑޯ މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ ސާއިދު އާއި އަހްނާ އޭޝިއަން އިންޑޯ މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ ސާއިދު އާއި އަހްނާ

ޗައިނާގައި ކުރިއަށްދާ އޭޝިއާގެ އިންޑޯ މުބާރާތަށް ރާއްޖޭން ވާދަކުރާނެ އެތުލީޓުންނަކީ ހަސަން ސާއިދު އާއި އަހުނާ ނިޒާރު ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން މިއަދު ބުނެފައިވަނީ، ޗައިނާގެ ޓިއާންޖިންގައި މި މަހުގެ 6-8 އަށް ކުރިއަށްދާ 12 ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް އަހްނާ އާއި ސާއިދު، އެ ގައުމަށް ގޮސްފައިވާ ކަމަށެވެ.
އެންމެ ފަހުން، 2024 ވަނަ އަހަރު ބޭއްވި އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕް، އިރާނުގެ ތެހެރާންގައި ކުރިއަށްދިޔައިރު، ރާއްޖޭން ވާދަކުރީ ސާއިދުގެ އިތުރުން ފަސޫހާ އަހުމަދު އެވެ. މި ފަހަރު ވެސް އޭޝިއާގެ އިންޑޯ އެންމެ ބޮޑު އެތުލެޓިކްސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ސާއިދު އަށް ލިބުުނުއިރު، މިއީ، މި ފަދަ އިންޑޯ މުބާރާތެއްގައި އަހްނާގެ ފުރަތަމަ ތަޖުރިބާ އެވެ. އެހެން ނަމަވެސް، އަހްނާ ވަނީ، ފާއިތުވި އަހަރުތަކުގައި ބައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި ވާދަކޮށްފަ އެވެ.
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު ވަނީ މިދިޔަ އަހަރު ޗައިނާގެ ނަންޖިންގައި ކުރިއަށްދިޔަ ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ. އޭގެ އިތުރުން، މީގެ ކުރިން ސާއިދު ވަނީ، ސްކޮޓްލެންޑާއި ސާބިއާގައި ވެސް ކުރިއަށްދިޔަ ވޯލްޑް އިންޑޯ އެތުލެޓިކްސް މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ