މިއަދަކީ ރަޖަބް މަހުގެ ފަހު ދުވަހެވެ. މާދަމާއަކީ ޝަޢްބާން މަހުގތެ ފުރތަމަ ދުވަހެވެ. ޝަޢްބާން މަސް ނިމުމާއިއެކު ބައްދަލުކުރާނީ ރަމަޟާން މަހެވެ. އެމަހަކަށްޓަކައި މުޅި އަހަރު އަހުރެމެން އިންތިޒާރުކުރަމުން އައި މަހެވެ.
ވަރަށް އާދެހާއިއެކު ބުނަމެވެ. މިހާރުންސުރެ ރަމަމާން މަހަށް ކުރިމަތިލާން ތައްޔާރުވުމަށް ކުރަންބ ހުރި މަސައްކަތްތަކަށް ފަށައިގަންނާށެވެ. މިދައްކަނީ ދުނިޔަވީ ކަންކަމުގެ ވާހަކައެއް ނޫނެވެ. ރޫޙާނީ ގޮތުން ތައްޔާރުވުމުގެ ވާހަކައެވެ.
އެކަމަށްޓަކައި ކުރަން އޮތް އެންމެ މުހިންމު ކަމަކީ ރޭގަނޑުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާ މީހަކަށްވުމެވެ. ވީމާ ޢިޝާނަމާދަށްފަހު ވީހާއަވަހަކށް ނިދަން މަސައްކަތްކުރާށެވެ. ރަމަޟާން މަސް އައުމުން ދަމުނަމާދުކުރުމަށާއި ރޭއަޅޫކަމަށް ހޭލައި ހުރެ ވަޤުތު ހޭދަކުރެވޭނީ މިހާރުންސުރެ އެކަމަށް މަސައްކަތްކޮށްގެންނެވެ.
ތަރާވީޙް ނަމާދަށްފަހު އިރުކޮޅަކު ނިދައި ނުލެވޭ މީހަކަށް ރޭއަޅުކަން ކުރުން ފަސޭހައެއް ނުވާނެއެވެ. އެންމެ ރަނގަޅު ގޮތަކީ އިރުކޮޅަކު ނިދައި ނުލެވޭ މީހަކަށް ރޭގަނޑުގެ ފަހުބައިގައި ހީވާގި ނުވެވޭނެކަމަށް ބުނެވެ. ގަދަކަމުން ހޭލައި ހާރުކެވިދާނެއެވެ. އަދި ފަތިސްނަމާދަށްވެސް ދެވިދާނެއެވެ. އެކަމަކު އަހުރެން ބުނާނީ އެއިރުން އެމީހަކަށް ހުރެވޭނީ ސިކުނޑީގެ އެއްބައި މަސައްކަތްކުރާ މީހެއްގެ ގޮތުގައެވެ. އެންމެ ކުޑަމިނުން ކުރަންޖެހޭ ދުޢާތައްވެސް އޮންނާނީ ނުކުރެވިފައެވެ.
ވީމާ ހަމަ މިއަދުން ފެށިގެންވެސް އަވަހަށް ނިދައި ފަތިސްވުމުގެ 1 ގަޑިއިރުކުރިން ހޭލައި ފަތިސްނަމާދުގެ ކުރިން ރޭއަޅުކަން ކުރުމުގައި ވަޤުތުކޮޅެއް ހޭދަކުރާ މީހަކަށްވުމަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. އެކަމުގެ ފައިދާ ރަމަޟާން މަހު އެމީހަކަށް ބޮޑުތަނުން ކުރާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ރަމަޟާން މަސް ކާމިޔާބުކުރަން އެދޭމީހާ އެކަމަށް އަވަސްވެގަންނަން އޮތް ވަޤުތު މިއޮތީ ޖެހިފަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ