ދަރިވަރުންނަށް ފައިސާ ނުފޮނުވި ލަސްވަނީ، ފޮނުވާ މައުލޫމާތު ޔަގީންނުވާ ނަމަ: ހައިދަރު

ސަރުކާރުގެ އެހީގައި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ފޮނުވުން ލަސްވަނީ ދެ ކަމެއް ޔަގީން ކުރުމުގެ ތެރޭގައި މައްސަލައެއް ދިމާވެއްޖެނަމަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ. ބޭރުގައި ސަރުކާރުން ދޭ ފައިސާއިން ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑު ނުލިބި ލަސްވާ މައްސަލަ ދޭތެރެއަކުން ފެންމަތިވެއެވެ. އެ މައްސަލައަށް އިޝާރަތްކުރައްވައި، ހައިދަރު މިއަދު 'ތަރުޖަމާނާ އެކު' ޕޮޑުކާސްޓުގައި ވިދާޅުވީ، ދަރިވަރުންގެ ސްޓައިޕެންޑަށް ފައިސާ ފޮނުވުމުގެ ކުރިން ދެ ކަމެއް ޔަގީންކުރާ ކަމަށެވެ. އެއީ، އެ ދަރިވަރަކު މިހާރު ވެސް ކިޔަވަމުން ދޭތޯއާއި ފޯރުކޮށްދިން މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުން ކަމަށް ހައިދަރު ވިދާޅުވިއެވެ. https://sun.mv/216876 އެ ދެ ކަންތައް ޔަގީންކުރުމުގެ ތެރޭގައި މައްސަލައެއް ދިމާވެއްޖެ ކަމަށްވަންޏާ އަޅުގަނޑުމެނަށް ފައިސާ ދޫކުރުމުގައި ދަތިތަކެއް އަންނާނެ މިހާރު ކަނޑައެޅިފައި އޮތް އުސޫލުތަކުގެ ތެރެއިން. އެއީ ކަންނޭނގެ މައިގަނޑު ގޮތެއްގައި ލަސްވުމަށް ދިމާވާ މައްސަލައަކީ,ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިނިސްޓަރު ވިދާޅުވި ގޮތުގައި، ސްޓައިޕެންޑަށް ފައިސާ ދޫކުރުމުގެ ކަންކަން މުއްދަތު ހަމަވުމުގެ ދެ މަސް ކުރިން ފަށައެވެ. އެ މަސައްކަތުގެ ތެރެއިން މިދިޔަ ހަތަރު އަހަރު 75 ޕަސެންޓު ދަރިވަރުންނަށް ފައިސާ ދެއްކިފައި ހުރިކަން ތަފާސްހިސާބުތަކާ ހަވާލާދީ ހައިދަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލިއްޔަތު ގަވައިދު އޮންނަ ގޮތުން، ކޮންމެ ފަހަރަކު މިނިސްޓްރީއަށް މައުލޫމާތުތައް ފުރައި، ދަރިވަރުންގެ އެކައުންޓަށް ފައިސާ ނުފޮނުވޭނެ ކަމަށެވެ. އޭގެ ބަދަލުގައި، ކޮންމެ ފަހަރަކު ހުރިހާ މައުލޫމާތުތައް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ކަމަށް ހައިދަރު ވިދާޅުވިއެވެ. ފައިސާ ފޮނުވުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވަނީ ހަޔާ އެޑިއުކޭޝަންގެ އެތައް މަރުހަލާއަކުން ޗެކުކޮށްފައެވެ. ނަމަވެސް، ބައެއް ފަހަރަށް މައުލޫމާތު ފުރިހަމަ ނުވެގެން އަނބުރާ ދަރިވަރަށް ފޯމު ފޮނުވަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެެ. ފިނޭންސް މިނިސްޓްރީން ފައިސާ ފޮނުވަން ބަލާއިރު، ރަނގަޅު އެކައުންޓެއްކަން ކަށަވަރު ނުވަންޏާ އަނބުރާ އަންނާނެ އަޅުގަނޑުމެންނާ ހިސާބަށް. އޭރުން އެއްކަލަހެން ދިގުލައިގެން ދިޔައީ. އަނެއްކާ ކުއްޖާއާ ހިސާބަށް ދާން ޖެހެނީ ރަނގަޅު މައުލޫމާތު ފޯރުކޮށްދޭން. އެކަމާ ހެދި ވަރަށް ގިނަ ފަަހަރު ފައިސާ ދިނުމުގައި ލަސްވެގެން އެބަދޭ،ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އޭގެ އިތުރަށް، ފައިސާ ފޮނުވަން ހަފުތާއަކަށް ވެފައި އޮތް ދަރިވަރުން ފޯމު ހުށަހަޅާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެހެންވެ، ބައެއް ފަހަރަށް ލަސްވާކަން ފާހަގަކުރައްވައި، ހައިދަރު ވަނީ ވީ އެންމެ އަވަހަށް ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމަށް އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ