އެފް. އެންޑް ބީ ޝޯ 2026ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ބިޒްނަސް

މިހިނގާ ޖެނުއަރީމަހު ބޭއްވުމަށް ތައްޔާރުވަމުންދާ ފުދް އެންޑް ބެވަރޭޖް ޝޯގެ 9 ވަނަ އެޑިޝަނުގެ  ޑިޖިތަލް ޕާޓްނަރަކަށް އުރީދޫ ބިޒްނަސް ހަމަޖައްސައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިމަހުގެ 21 ހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޝޯގައި އިންޑަސްޓްރީގެ އިސްވެރިންނާއި، ސަޕްލަޔަރުންނާއި، ވިޔަފާރިވެރިން
ބައިވެރިވާނެ އެވެ.
އުރީދޫއިން ބުނީ ޑިޖިޓަލް ޕާޓްނަރެއްގެ
ހައިސިއްޔަތުން އުރީދޫ ބިޒްނަސް އިން މުހިންމު ދައުރެއް އަދާކުރާނީ، ޑިޖިޓަލް
ސޮލިއުޝަންތަކާއެކު މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ވިޔަފާރި ހިންގުމަށާއި،
ކަސްޓަމަރުން އެންގޭޖްކޮށް، ވާދަވެރި މާކެޓެއްގައި ދެމެހެއްޓެނިވި ގޮތެއްގައި
ކުރިއެރުވުމަށް އެހީތެރިވެދިނުމަށް ކަމަށެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި
އެގްޒިބިޝަންގައި އުރީދޫ ބިޒްނަސް އަށް ހާއްސަ ބޫތެއް ވެސް ހުންނާނެ އެވެ.
އުރީދޫ ބިޒްނަސް އިން ގެނެސްދޭ ޑިޖިޓަލް
ޓްރާންސްފޯމޭޝަނަކީ އުފެއްދުންތެރިކަން އިތުރުކޮށް، ކަސްޓަމަރުންގެ ތަޖުރިބާ ފުޅާކޮށް،
މުސްތަގުބަލަށް ތައްޔާރުވުމަށް އަމާޒުކޮށްގެން ވިޔަފާރިތަކަށް ގެނެސްދެވޭ
ޚިދުމަތްތަކެއް ކަމަށް އެކުންފުނިން ބުނެއެވެ. އުރީދޫ ބިޒްނަސް އިން ވަނީ މި އެގްޒިބިޝަނަށް ޒިޔާރަތްކުރާ
ހުރިހާ ފަރާތްތަކަށް އެ ކުންފުނީގެ ބޫތު އަށް ޒިޔާރަތް ކުރުމަށް ދައުވަތު ދީފަ
އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ